ހުކުރު ދުވަހެކެވެ. ލޮބުވެތި ރަސޫލު ﷲ ޞައްލަ ﷲ ޢަލައިވަސައްލަމްގެ އަޞްޙާބު ބޭކަލުންގެ ތެރެއިން އަރައިހުންނެވި އަބޫ ސަޢީދުލްޚުދްރީ ރަޟިޔަ ﷲ ޢަންހު މީސްތަކުންނަށް އިމާމްވެ ހުންނަވައިގެން ހުކުރު ނަމާދު ކޮށްދެއްވަނީއެވެ. އެކަލޭގެފާނުގެ ކުރިފުޅުމަތީގައި ހުރަހެއް ބަހައްޓާފައި ހުއްޓެވެ. އެހިނދު ޒުވާނަކު އައިސް އިމާމުމީހާ (އަބޫ ސަޢީދުގެ) ކުރިފުޅުމަތިން ހުރަސްކުރަން އުޅުނެވެ. އަބޫ ސަޢީދު އެޒުވާނާ ދިޔަނުދެއްވައި އަތްޕުޅުން މަނާކުރެއްވިއެވެ. ޒުވާނާ އެކިފަރާތްފަރާތަށް ބެއްޔެވެ. އޭނާއަށް ދެވޭނެ އެހެން މަގެއް ފެނުނުކަމަކަށް ނުވިއެވެ. ދެވަނަ ފަހަރަށްވެސް އެޒުވާނާ އިމާމާގެ ކުރުމަތިންލާފައި ހުރަސްކުރަން މަސައްކަތް ކުރިއެވެ. މިފަހަރު އަބޫ ސަޢީދު ކުރީފަހަރަށް ވުރެ ބާރަށް އޭނާ ކޮށްޕާލެއްވިއެވެ. މިކަމާހުރެ މިޒުވާނާ ވަރަށް ބޮޑަށް ރުޅިއައިސް އަބޫ ސަޢީދަށް ހަޑިހުތުރު ބަސްބުނެ ހެދިއެވެ. އެއަށްފަހު މަދީނާގެ ގަވަރުނަރު މަރްވާނު ބުނުލް ޙަކަމުގެ އަރިހަށް އަބޫ ސަޢީދުގެ ޝަކުވާ އުފުލިއެވެ. އަދި އަބޫ ސަޢީދު އެޒުވާނާއިމެދު ކަންކުރެއްވި ގޮތުގެ ވާހަކަ ދެންނެވިއެވެ.
މަރްވާން، އަބޫ ސަޢީދު ރަޟިޔަ ﷲ ޢަންހުގެ އަރިހަށް މީހަކު ފޮނުއްވައި އެމަނިކުފާނުންގެ އަރިހަށް ވަޑައިގަތުމަށް ދެންނެވިއެވެ. އަދި އެކަލޭގެފާނު ވަޑައިގަތުމުން އެޒުވާނާއާއި އެގޮތަށް ކަންކުރެެއްވި ސަބަބު އެއްސެވިއެވެ. ޖަވާބުގައި އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަން ކަލޭގެފާނު ރަސޫލު ﷲ ޞައްލަ ﷲ ޢަލައިވަސައްލަމް ޙަދީޘްކުރެއްވި އަޑު އެއްސެވީމެވެ. "ތިޔައިން މީހަކު ކުރިމަތީގައި ހުރަހެއް ބަހަށްޓައިގެން ނަމާދުކުރަން ހުއްޓައި އޭނާގެ ކުރިމަތިން މީހަކު ހުރަސްކުރަން ގަސްދުކޮށްފިނަމަ، އޭނާ ދުރުކުރާށެވެ. ދެން އެކަމާ އެނާ ދެކޮޅުހަދައިފިނަމަ އޭނާއާއި ހަނގުރާމަ ކުރާށެވެ. މިހެނީ އެއީ ޝައިޠާނެއްކަން ކަށަވަރެވެ. (ބުޚާރީ- މުސްލިމް)
*އިރުޝާދު:
1. ތިމާ ނަމާދު ކުރާއިރު ތިމާގެ ކުރިމަތިން ހުރަސްވިޔަ ނުދިނުމަށްޓަކައި ކުރިމަތީގައި ސަޖިދަކުރާހާ ހިސާބު ހުރަހެއްގެ ގޮތުގައި އެއްޗެއް ބެހެއްޓުމަކީ ސުއްނަތެކެވެ.
2. މީހަކު ނަމާދަށް ހުއްޓާ އޭނާގެ ކުރިމަތިންލާފައި ހުރަސްކުރުމަކީ ޙަރާމްވެގެންވާ ކަމެކެވެ. ހުރަސްކުރަން ވެއްޖެނަމަ، ހުރަސްކުރަންވާނީ، އެމީހާއަށްވުރެން އެއްސަފު ކުރިންނެވެ. ނުވަތަ އެމީހާ ސަޖިދަކުރާ ހިސާބަށްވުރެން ދުރުންނެވެ.
3. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ. "ކަލޭގެ އަޚާ ނަމާދަށް ހުއްޓާ އޭނާގެ ކުރިމަތިން ހުރަސްކުރުމުގެ ފާފައިގެ ބޮޑުކަން ކަލޭއަށް އެނގޭނަމަ، ސާޅީސް އަހަރު ވަންދެންވެސް ކަލޭ ހުރަސްނުކޮށް ކޮޅަށް ހުރުމަށް ކަލޭ ރުހުނީހެވެ." (އަޙްމަދު، ބުޚާރީ، މުސްކިމް، ތިރްމިޛީ)
*************
* މިލިޔުމަކީ އައްޝައިހް ހުސައިން ރަޝީދު އަހުމަދު ނެރުއްވާފައިވާ "ނަމާދުގެ ވާހަކަތައް" މިފޮތުން ނަގާފައިވާ ލިޔުމެކެވެ.

ކިޔުންތެރިންގެ ހިޔާލު