ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ކުއްލި ގޮތަކަށް އިއްޔެ ނިޔާވި، އަބްދުﷲ ރަޝީދު ހައްޔަރު ކުރުމުގައި ހަރަކާތްތެރިވި ފުލުހުން ބޮޑީ ކެމެރާ ބޭނުންކޮށްފައި ނުވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުންގެ ތަރުޖަމާނު ވިދާޅުވީ ގދ.ހޯނޑެއްދޫ، ސްވެން ޢަބްދުﷲ ރަޟީދު ހައްޔަރުކުރުމުގައި ޙަރަކާތްތެރިވި ފުލުހުން ބޮޑީ ކެމެރާ ބޭނުން ނުކުރާ ކަމަށެވެ. އަދި އޭނާގެ ހަށިގަނޑު ރޭ ދަންވަރުގެ ވަގުތެއްގައި މާލެ ގެނެސްފައިވާ ކަމަށްވެސް ފުލުހުންގެ ތަރުޖަމާނު ވިދާޅުވިއެވެ.

ޢަބްދުﷲ ރަޝީދު ނިޔާވީ، ފުލުހުން އޭނާ ހައްޔަރު ކޮށްގެން ގެންގޮސް ލޯންޗެއްގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާކަމަށް އާއިލާއިން މައުލޫމާތު ދީފައިވެއެވެ. އަދި އޭނާ ހައްޔަރު ކޮށްގެން ގެންދިޔައިރު ވެސް އޭނާގެ މެޔަށް ތަދުވާކަމަށް ބުނަމުން ދިޔަކަމަށާއި އެހެންނަމަވެސް، އެކަމަށް ފުލުހުން އެއްވެސް ވަރަކަށް ސަމާލުކަން ދީފައި ނުވާކަމަށް ޢާއިލާއިން ތުހުމަތުކުރެއެވެ.

ދިވެހި ފުލުހުންގެ ހިދުމަތަށް ބޮޑީ ވޯން ކެމެރާ ތަޢާރަފްކުރުމާއި ގުޅޭގޮތުން ސަރުކާރުން މީގެ ކުރިން ބުނެފައިވަނީ، އެއީ ދިވެހި ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް ޖަވާބުދާރީ ކުރުވުމަށްލިބުނު ފުރުސަތެއް ކަމަށެވެ. އެގޮތުން، ފީލްޑްގައި މަސައްކަތްކުރާ ފުލުހުން މިއަހަރުގެ ކުރީކޮޅުންފެށިގެން ބޮޑީ ކެމެރާ ބޭނުންކުރަން ފަށާފައިވާކަން ސަރުކާރުން ހާމަކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން