ވިކީ ކައުޝަލް އާއި ކެޓްރީނާ ކައިފް އަކީ ބޮލީވުޑްގައި މިހާރު އެންމެ ފާހަގަކޮށްލެވޭ އެއް ޖޯޑެވެ.



ހުސްވިއަހަރު މިދެތަރިން ކައިވެނި ކުރި ފަހުން އެމީހުން ދަނީ އެދެމީހުންނަކީ "ކަޕްލްގޯލްސް" ކަން ދައްކައިދޭ ލޯބި ފޮޓޯތަކާއި، އެކަކު އަނެކަކު އުޅޭލެއް ލޯބިކަން ދައްކައިދެމުންނެވެ. އެގޮތުން ދާދި ފަހުން ކެޓްރީނާ ވަނީ އޭނާގެ ފިރިމީހާގެ ފަރާތުން ލިބޭ އަޅާލުމާއި، ލޯބިންކޮށްދޭ ކަންކަން ސިފަކޮށްދެމުން، ކެޓްރީނާއަށް ނިދަން އުނދަގޫވެއްޖެނަމަ، އޭނާގެ ފިރިމީހާ ލަވަކިޔައިދީ ހަދާކަންވެސް ހާމަކޮށްފައެވެ.

"ވިކީ އަކީ ލަވަކިޔުމާއި ނެޝުމަށް ފޯރި ހުންނަ މީހެއް. އަދި އެތައް ފަހަރަކު އަހަންނަށް ނުނިދިގެން އުޅޭ ވަގުތުތަކުގައި އަހަރެން އަބަދުވެސް އޭނާ ކައިރީ އެދެން ލަވައެއް ކިޔައި ދިނުމަށް." ކެޓްރީނާ ދިން އިންޓަރވިއުއެއްގައި ފާހަގަކޮށްފައިވެއެވެ.

ބޮލީވުޑްގައި ފާހަގަކޮށްލެވޭ ވިކީ ކައުޝަލް އަދި ކެޓްރީނާ ކައިވެނި ކޮށްފައިވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހު ރާޖަސްތާނުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން