މާޝާ މިދުހަތު   27 އޮކްޓޯބަރު 2022 - 20:40
މިއީ ރިހާނާގެ ފޭނުންނަށް އުފާވެރި ޚަބަރެކެވެ. މިއުޒިކީ ދާއިރާއިން ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު އެންމެ ފަހުން ރިހާނާގެ ލަވައެއް ރިލީޒްކުރާކަން އިއުލާންކޮށްފިއެވެ.

ރިހާނާ މިއުޒިކަށް އެނބުރި އަންނަނީ މާވެލްގެ "ބްލެކް ޕެންތަރ: ވަކަންޑާ ފޯއެވަރ" ގެ ލަވައަކުންނެވެ.

މި ލަވައަކީ ޗޭޑްވިކް ބޯސްމަންގެ ދިރިއުޅުމަށް ހާއްސަކޮށްދޭ ލަވައެއްކަމަށް ރިޕޯޓުތައް ބުނެއެވެ. "ލިފްޓް މީ އަޕް" ގެ ނަމުން ރިލީޒްކުރާ މި ލަވަ ރިލީޒްކުރަން ހަމަޖެހިފައިވަނީ މިހިނގާ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހު އެވެ.

މިލަވަ ރިލީޒް ކުރަނީ މިލަވަ ހިމެނޭ ފިލްމު ރިލީޒް ކުރުމުގެ ކުރިންނެވެ. މިލަވަ ހިމެނޭ ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ ނޮވެމްބަރު 11 ވަނަ ދުވަހު އެވެ.

"ބްލެކް ޕެންތަރ: ވަކަންޑާ ފޯއެވަރ" އަކީ ފިލްމު އުފެއްދި ރަޔަން ކޫގްލާ 2018 ވަނަ އަހަރު އުފެއްދި ބްލެކް ޕެންތަރ ފިލްމުގެ ދެވަނަ ބައެވެ. އެގޮތުން މިފިލްމަކީ ފުރަތަމަ ބްލެކް ޕެންތަރގެ ތަރި ޗެޑްވިކް ބޯސްމަންއަށް ހާއްސަކޮށް ލިޔުނު ފިލްމެއް ނަމަވެސް، ކެންސަރު ބަލިތަހައްމަލު ކުރަމުންދިޔަ އެކްޓަރު ޗެޑްވިކް ބޯސްމަން ވަނީ 2020 ވަނަ އަހަރު މަރުވެފަ އެވެ. އެހެންކަމުން، ދެން މިފިލްމު ހާއްސަކުރީ ބޮސްމަންގެ ލެގަސީއަށް ޝަރަފުވެރިކަން ގެނެސްދޭނެފަދަ ގޮތަކަށެވެ.

"ބްލެކް ޕެންތަރ: ވަކަންޑާ ފޯއެވަރ" ގެ ސްޓާ ކާސްޓުންގެ ތެރޭގައި ލުޕިޓާ ނިޔޮންގްއޯ، ލެޓިޓިއާ ރައިޓް، އަދި ވިންސްޓަން ޑޫކްގެ އިތުރުން މާވެލްގައި އަލަށް ތައާރަފްވި ޓެނޮކް ހޫއެރްޓާ ހިމެނެއެވެ. މީގެއިތުރުން، މި ފިލްމުގައި "އަޔަންހާޓް" ގެ ބަޠަލަކަށް ވެގެންދާ ޒުވާނާ ރިރީ ވިލިއަމްސް ތައާރަފް ކުރަންވެސް ހަމަޖެހިފައިވެއެވެ.

ނޮވެމްބަރ މަހު ރިލީޒްކުރާ "ބްލެކް ޕެންތަރ: ވަކަންޑާ ފޯއެވަރ" އިނގިރޭސި، ހިންދީ، ތަމަޅަ، އަދި ތެލެގޫ ބަހުންވެސް ރިލީޒްކުރަން ހަމަޖެހިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން