ހިންދީ ފިލްމު ފޯން ބޫތު ކޮމިކް ސީރީޒަކަށް ހަދަން ނިންމައިފިއެވެ.

މިމަސައްކަތް ކުރިއަށްދާނީ ފޯން ބޫތު އުފައްދާ އެކްސެލް އެންޓަޓެއިންމަންޓާއި އިންޑިއާގައި ކޮމިކް އުފެއްދުމަށް މަޝްހޫރު ޕަބްލިޝަރ ޑައިމަންޑް ޓޫންސްއާ ގުޅިގެންނެވެ. މި ޕާޓްނަޝިޕާއެކު އެކްސެލް އެންޓަޓެއިންމަންޓުން ރިލީޒް ކުރަން ހަމަޖެހިފައިވާ ފޯން ބޫތު ކޮމިކް ސީރީޒެއްގެ ގޮތުގައި ޝާއިއުކުރެވިގެންދާނެއެވެ. މިއާއެކު ބޮޑެތި މީހުންނާއި އެއްވަރަށް ކުޑަކުދިންނާހަމައަށްވެސް ފޯން ބޫތު ގެނެސްދެވޭނެކަމަށް އެކްސެލް އެންޓަޓެއިންމަންޓުން ފާހަގަކޮށްފައިވެއެވެ.

ކޮމިކް ސީރީޒަކަށް މިފިލްމު ވެގެންދާއިރު ފިލްމުން ފެނިގެންދާ މުހިންމު ތިން ކެރެކްޓަރުންވެސް ކޮމިކް ކެރެކްޓަރސްގެ ގޮތުގައި ފެނިގެންދާނެއެވެ.



މަޖާ އަދި ބިރުވެރި މަންޒަރުތަކެއް ހިމެނޭ ހިންދީ ފިލްމު ފޯން ބޫތުގައި، ބޮލީވުޑްގައި ފާހަގަކޮށްލެވޭ ކެޓްރީނާ ކައިފް، ސިދާންޓް ޗަތުރުވެދީ އަދި އިޝާން ފަދަ ތަރިން ލީޑުރޯލުން ފެނިގެން ދާނެއެވެ. މިފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން