ތިންގުނަ ބާރަށް ހިނގާބިނގާވެ އުޅެވޭގޮތަށް އީޖާދުކޮށްފައިވާ ދުނިޔޭގެ "އެންމެ އަވަސް ބޫޓު" ޓެކް ކުންފުންޏަކުން އުފައްދައިފިއެވެ.

ޝިފްޓް ރޮބޮޓިކްސް އިން އުފައްދައި،، މޫންވޯކަރސްގެ ނަމުން ނަންދީފައިވާ މިބޫޓަކީ ފިއުޗަރިސްޓް ރޯލާ ސްކޭޓްތަކެއް ފަދައިން ފަރުމާކޮށްފައިވާ ބޫޓެކެވެ. ނަމަވެސް މިބޫޓުގައި އާންމުކޮށް ހިނގާއިރު ބެލެންސް ކުރަން ޖެހޭ ވަރަށް ވުރެ ބޮޑަށް މީހާ ބެލެންސް ކުރަން އުނދަގޫ ނުވާނެކަމަށްވެއެވެ.

މިބޫޓަށް އެރުމާއެކު، ބޫޓުގައި ހިމެނޭ ކުދިކުދި އިލެކްޓްރިކް މޯޓަރުތަކުން، ބޫޓުގެ ދަށުގައި ހިމެނިފައިވާ އަށް ފުރޮޅަށް ކަރަންޓް ދިނުމުން ގަޑިއަކު 7 މޭލުގެ ބާރުމިނުގައި ކުރިއަށް ހިނގޭނެއެވެ. އަދި މިބޫޓު، 90 މިނެޓުގެ ތެރޭގައި ފުރިހަމައަށް ޗާޖު ކުރެވޭނެކަމަށްވެއެވެ.

ޕްރޮމޯޝަނަލް ވީޑިއޯއެއްގައި ޝިފްޓް ރޮބޮޓިކްސް އިން ބުނެފައިވަނީ މޫންވޯކަރ އަށް އަރާއިރު ފުރަތަމަ އިންނާނީ ލޮކް މޯޑުގައި ކަމަށާއި، މިމޯޑުގައި އިލެކްޓްރޯނިކް ބްރޭކް ބޭނުންކޮށް ބޫޓުގެ ފުރޮޅުތައް ފުރިހަމައަށް ލޮކް ކުރާނެކަމަށެވެ. އަދި ޝިފްޓް މޯޑަށް ބަދަލުކޮށް ބާރަށް ހިނގަން ބޭނުންނަމަ ކަނާތު ފައި ހިއްލާލުމަށްފައި ދެތިން ފަހަރަކު ހަރަކާތްކޮށްލާ ނުވަތަ ކްލޮކްވައިޒްކޮށް ރޮޓޭޓްކޮށްލަން ޖެހޭނެއެވެ.

އަންނަ އަހަރު ވިއްކަން ފަށާ މޫންވޯކަރސް ބޫޓު ވިއްކަން ހަމަޖެހިފައިވަނީ 1،399 ޑޮލަރު ނުވަތަ 1،213 ޕައުންޑަށެވެ. ނަމަވެސް ޝިފްޓްގެ ކިކްސްޓާޓަރ ޕޭޖުން މިބޫޓު އަގުހެޔޮކޮށް ލިބެން ހުންނާނެ ކަމަށްވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން