ފުލުހުންގެ ބަންދުގައި ހުއްޓާ ނިޔާވި އަބްދުﷲ ރަޝީދުގެ ޕޯސްޓްމޯޓަމް ހެދުމަށް އޭނާގެ ހަށިގަނޑު އިންޑިއާއަށް ގެންގޮސްފިއެވެ.
އަބްދުﷲގެ ހަށިގަނޑު މިއަދު ހެދުނު އިންޑިއާއަށް ގެންގޮސްފައިވާއިރު، އޭނާގެ ހަށިގަނޑު އާއިލާއާ ހަވާލުކުރަން އެދި ހުށައެޅި މައްސަލާގައި އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން އިއްޔެވަނީ ނިންމާފައެވެ.
ފުލުހުންގެ ބަންދުގައި ހުއްޓާ މަރުވި އަބްދުﷲ ރަޝީދު (މާޓީ) ގެ ހަށިގަނޑު އާއިލާއާ ހަވާލުކުރަން އެދި ހުށައެޅި މައްސަލާގައި އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމާފައިވަނީ އާދީއްތަ ދުވައެވެ. ސިވިލް ކޯޓުގެ ހުުކުމުގައި ބުނެފަައިވަނީ ގާނޫނާއި ގަވާއިދުތަކުގައިވާ ގޮތުގެމަތިން އިހުމާލުން މީހަކު މަރުވިކަމަށް ބެލެވޭ މައްސަލަތަކުގައި ޕޯސްޓްމޯޓަމް ހަދަން ނިންމުމުގެ އިހުތިޔާރު ފުލުހުންނަށް ލިބިފައިވާކަމަށެވެ.
އެހެންކަމުން އާއިލާއިން އެދުނު ގޮތަށް ޕޯސްޓްމޯޓަމް ހެދުން ހުއްޓުވުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ކޯޓުން ވަނީ ނިންމާފައެވެ. އެއާއެކު ސިވިލްކޯޓުގެ އެނިންމުން ހައިކޯޓުގައި އިސްތިޢުނާފް ކުރުމަށް ޢަބްދުﷲގެ ޢާއިލާއިން ވަނީ ނިންމާފައެވެ.
ސިވިލް ކޯޓްގެ ހުކުމްގައި ރަޝީދުގެ މަރުވި ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަން ހެދުމުގެ އިހުތިޔާރު ފުލުހުންނަށް ލިބިގެންވާ ކަމަށް ބުނި ނަމަވެސް އެކަމުގެ އެއްވެސް ހުއްޖަތެއް ބަޔާން ކޮށްފައި ނުވާ ކަމަށް ޢަބްދުﷲގެ ޢާއިލާއިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު