ބައިސްކޯފުން ބޭއްވި ޗަނާޗާ ޝޯވްގައި ޔޮހާނީ. (ފޮޓޯ: ބައިސްކޯފު)
ބައިސްކޯފުން ބޭއްވި ޗަނާޗާ ޝޯވްގައި ޔޮހާނީ. (ފޮޓޯ: ބައިސްކޯފު)
ދިވެހިރާއްޖެއިން ލިބުނު ލޯތްބާއި ތަރުހީބަށް، ލަންކާގެ ލަވަކިޔުންތެރިޔާ ޔޮހާނީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށާއި ދިވެހިންނަށް ޝުކުރު އަދާކޮށްފިއެވެ.

މަނިކޭ މަގޭ ހިތޭ ލަވައިން މަޝްހޫރުކަން ހޯދި ލަންކާގެ ޕޮޕް ލަވަކިޔުންތެރިޔާ ޔޮހާނީ ދާދި ފަހުން ފުރަތަމަ ފަހަރަށް ދިވެހިރާއްޖެއައިސް ވަނީ ޝޯވްއެއް ދީފައެވެ. ބައިސްކޯފުން ބޭއްވި ޗަނާޗާ ޝޯވްގައި ޔޮހާނީ ވަނީ އޭނާގެ ހިޓް ލަވަ 'މަނިކޭ މަގޭ ހިތޭ' ގެ އިތުރުން، ބޮލީވުޑުގައިވެސް ފާހަގަކޮށްލެވޭ ލަވަތަކެއް ހުށައަޅައިދީފައެވެ. މީގެ ތެރޭގައި، 'ޗަމްމަކް ޗައްލޯ'، 'ކަބިރާ'، 'އެކް ލަޅުކީ ކޯ ދޭކާ'، އަދި ލަންކާ ބަހުންވެސް ބައެއް ލަވަތަކެއް ހުށައަޅައިދީފައިވެއެވެ.

ޔޮހާނީ ބައިވެރިވި ޗަނާޗާ ޝޯވްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެވަޑައިގެންނެވިއިރު، ރާއްޖެ އައިސް ރީތިލަވަތަކެއް ހުށައަޅައި ދިނުމުން ޔޮހާނީއަށް ރައީސް ޝުކުރު އަދާކުރެއްވިކަމަށްވެއެވެ.

އެގޮތުން ރާއްޖެއިން ޔޯހާނީ އަށް ލިބުނު ލޯތްބާއި ލިބުނު ތަރުހީބަށް އުފާ ފާޅުކުރަމުން ޔޮހާނީ ބުނީ، ރާއްޖެ އައި ފުރަތަމަފަހަރުވެސް ލިބުނު ތަރުހީބަށް ވަރަށް އުފާވެ ޝުކުރު އަދާ ކުރާކަމަށެވެ.

"މިއީ އަހަރެން ރާއްޖެއަށްް ޒިޔާރަތްކުރި ފުރަތަމަ ފަހަރު. ހިޔެއް ނުކުރަން ޕާފޯމަންސް އެހާ ހިޓްވާނެ ކަމަށް ވެސް. ރާއްޖޭގެ ރައްޔިތުންގެ ފަރާތުން ހީނުކުރާ ވަރުގެ ލޯތްބާއި ސަޕޯޓެއް ލިބުނު. އަދި އެކަމަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން."


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން