2007 ވަނަ އަހަރު "އާޕް ކާ ސޫރޫރު" އިން ފުރަތަމަ ފަހަރަށް ފެނިގެން ދިޔަ ހިމޭޝް ރޭޝްމިޔާގެ އިތުރު ފިލްމެއް ރިލީޒް ކުރަން މަސައްކަތްކުރަމުންދާކަން އިއުލާންކޮށްފިއެވެ.

ގާތްގަނޑަކަށް 10 ފިލްމެއްގައި އެކްޓްކޮށްފައިވާ ލަވަކިއުންތެރިޔާ 2020 ވަނަ އަހަރަށް ފަހު ބޮޑު ސްކްރީނަށް އަނބުރާ އަންނަން ތައްޔާރުވެފައިވާއިރު، ހިމޭޝް އެންމެ ފަހުން ފެނިފައިވަނީ ހިންދީ ފިލްމި "ހެޕީ ހާޑީ އެންޑް ހީރް" ގެ ލީޑް ރޯލަކުންނެވެ.

ހިމޭޝް މިހާރު މަސައްކަތް ކުުރަމުންދަނީ 2014 ވަނަ އަހަރު ރިލީޒްކުރި ތްރިލާ ފިލްމު، "ދަ އެކްސްޕޯޒް" ފިލްމުގެ ސްޕިންއޯފް އެއް ކަމަށްވާ "ބޭޑޭސް ރަވިކުމާރ" ރިލީޒްކުރުމަށެވެ. މިފިލްމުގައިވެސް އޭނާ ފެނިގެންދާނީ ލީޑުރޯލަކުންނެވެ.

މިފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ 2023 ވަނަ އަހަރުކަމަށް ހިމޭޝް ރޭޝްމިއާ ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން