ދާދިފަހުން ރާއްޖޭގައި ޝޯއެއް ދޭން އައި ސްރީލަންކާގެ މަޝްހޫރު ލަވަކިތުންތެރިޔާ ޔޮހާނީއާއި ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ، އުއްޗު އެކުގައި ފެންނަ ވީޑިއޯ އަކާއި ފޮޓޯތަކެއް މީސްމީޑިއާގައި އާންމުކޮށްފިއެވެ.
ވީޑިއޯއިން ފެންނަނީ ޔޮހާނީއާއި އުއްޗު އެކުގައި ލޯންޗެއްގައި ދަތުރުކުރައްވާ މަންޒަރެވެ. ދެން ފެންނަ ފޮޓޯތަކަށް ބަލާއިރު ޔޮހާނީ އުއްޗުއާއިއެކު ވަޑައިގަންނަވަނީ އުއްޗުގެ ރިސޯޓެއް ކަމަށްވާ ކުރެއްދޫ ރިސޯޓައްކަން ކަށަވަރުވެއެވެ.
ޔޮހާނީ އުއްޗު އާއެކު ކުރެއްދޫ ރިސޯޓައް ލެފުމާއެކު ހޫނު މަރުހަބާއެއް ކީކަމަށް ޔޮހާނީ ވަނީ މީސްމީޑިއާ މެދުވެރިކޮށް ހިއްސާކޮށްފައެވެ. ކުރެއްދޫ ރިސޯޓުގައި ޔޮހާނީ ވަނީ އޭނާގެ ލަވަކިއުމުގެ ހުނަރު ދައްކާލާ ޝޯވްއެއްވެސް ދީފައެވެ.
އަދި މިހާރު ޔޮހާނީ ޗުއްޓީ ހޭދަ ކުރަމުން ދަނީ ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓް ހުންނަ ހުރަވަޅީގައި ކަމަށް ޔޮހާނީ ވަނީ މީސްމީޑިއާ މެދުވެރިކޮށް ހިއްސާކޮށްފައެވެ.
އާންމު ދިރިއުޅުމުގައިވެސް ވަރަށް ސަކަ އަދި މަޖާ މިޒާޖެއްގެ ވެރިއެއްގެ ގޮތުގައި ފާހަގަކުރެވޭ އުއްޗުގެ މިފަދަ ވީޑިއޯތަކުގެ ތެރެއިން މީގެ ކުރިން އެންމެ މަޝްހޫރުވެގެން ދިޔަ ވީޑިއޯއަކީ އިންޑިއާގެ މަޝްހޫރު ފިލްމީތަރި އަދި ރީތީގެ ރާނީ ޕްރިޔަންކާ ޗޯޕްރާ ރާއްޖެއަށްކުރި މިފަދަ ޒިޔާރަތެއްގެ ތެރެއިން އޭނާ އާއި ސްޓޭޖްމަތިން ބައްދަލުކުރައްވާ ވީޑިއޯއެކެވެ. އެވީޑިއޯގައި އުއްޗު ޕްރިޔަންކާގެ ރީތިކަން ސިފަކުރެއްވުމަށް ބޭނުންކުރެެއްވި ބަސްކޮޅަކީ ގިނަބަޔަކަށް ވަރަށް ކަމުދިޔަ އިބާރާތް ކޮޅަކަށް ވެގެންދިޔައެވެ.
މަނިކޭ މަގޭ ހިތޭ، ލަވައިން މުޅި ދުނިޔެއަށް ވިދާލި ޔޮހާނީގެ އެލަވައިގެ ހިންދީ ވާޝަން ވެސް މިހާރު ވަނީ ބޮލީވުޑްގެ ފިލްމެއްގައި ހިމަނައިގެން ނެރެފައެވެ.
ޔޮހާނީ ރާއްޖެއަށް ކުރި ދަތުރުގައި ލިބުނު ތަރުހީބާއި މެހެމާންދާރީއަށްޓަކާ އޭނާ ވަނީ ރައީސް ޞާލިހަށާއި ދިވެހި ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ.

Such a pleasure to meet very talented singer @yohanimusic pic.twitter.com/Q4paTKjU1q
— Masood Hilmy (@Masood_Hilmy) November 3, 2022
ޔޮހާނީ އުއްޗު އާއެކު ކުރެއްދޫ ރިސޯޓައް ލެފުމާއެކު ހޫނު މަރުހަބާއެއް ކީކަމަށް ޔޮހާނީ ވަނީ މީސްމީޑިއާ މެދުވެރިކޮށް ހިއްސާކޮށްފައެވެ. ކުރެއްދޫ ރިސޯޓުގައި ޔޮހާނީ ވަނީ އޭނާގެ ލަވަކިއުމުގެ ހުނަރު ދައްކާލާ ޝޯވްއެއްވެސް ދީފައެވެ.
އަދި މިހާރު ޔޮހާނީ ޗުއްޓީ ހޭދަ ކުރަމުން ދަނީ ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓް ހުންނަ ހުރަވަޅީގައި ކަމަށް ޔޮހާނީ ވަނީ މީސްމީޑިއާ މެދުވެރިކޮށް ހިއްސާކޮށްފައެވެ.
އާންމު ދިރިއުޅުމުގައިވެސް ވަރަށް ސަކަ އަދި މަޖާ މިޒާޖެއްގެ ވެރިއެއްގެ ގޮތުގައި ފާހަގަކުރެވޭ އުއްޗުގެ މިފަދަ ވީޑިއޯތަކުގެ ތެރެއިން މީގެ ކުރިން އެންމެ މަޝްހޫރުވެގެން ދިޔަ ވީޑިއޯއަކީ އިންޑިއާގެ މަޝްހޫރު ފިލްމީތަރި އަދި ރީތީގެ ރާނީ ޕްރިޔަންކާ ޗޯޕްރާ ރާއްޖެއަށްކުރި މިފަދަ ޒިޔާރަތެއްގެ ތެރެއިން އޭނާ އާއި ސްޓޭޖްމަތިން ބައްދަލުކުރައްވާ ވީޑިއޯއެކެވެ. އެވީޑިއޯގައި އުއްޗު ޕްރިޔަންކާގެ ރީތިކަން ސިފަކުރެއްވުމަށް ބޭނުންކުރެެއްވި ބަސްކޮޅަކީ ގިނަބަޔަކަށް ވަރަށް ކަމުދިޔަ އިބާރާތް ކޮޅަކަށް ވެގެންދިޔައެވެ.
މަނިކޭ މަގޭ ހިތޭ، ލަވައިން މުޅި ދުނިޔެއަށް ވިދާލި ޔޮހާނީގެ އެލަވައިގެ ހިންދީ ވާޝަން ވެސް މިހާރު ވަނީ ބޮލީވުޑްގެ ފިލްމެއްގައި ހިމަނައިގެން ނެރެފައެވެ.
ޔޮހާނީ ރާއްޖެއަށް ކުރި ދަތުރުގައި ލިބުނު ތަރުހީބާއި މެހެމާންދާރީއަށްޓަކާ އޭނާ ވަނީ ރައީސް ޞާލިހަށާއި ދިވެހި ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު