މާޝާ މިދުހަތު   6 ނޮވެމްބަރު 2022 - 18:56
ރަންބީރް ކަޕޫރާއި އާލިއާ ބަޓް
ރަންބީރް ކަޕޫރާއި އާލިއާ ބަޓް
ބޮލީވުޑްގެ މަޝްހޫރު ދެތަރިންކަމަށްވާ، އާލިއާ ބަޓް އަދި ރަންބީރް ކަޕޫރަށް ދަރިއަކު ލިބިއްޖެއެވެ.

މިދެތަރިންގެ ފުރަތަމަ ދަރިފުޅު އުފަންވި ހަބަރު އާންމުކޮށްފައިވަނީ މީގެ ކުޑައިރުކޮޅެއް ކުރިންނެވެ. މިދެތަރިންނަށް ލިބިފައިވަނީ އަންހެން ކުއްޖެކެވެ.

ދަރިއަކު ލިބުނު ހަބަރު އާންމު ކުރުމާއެކު، މިދެތަރިންގެ ފޭނުންނާއި، އާއިލާގެ އިތުރުން ބޮލީވުޑުގެ މަޝްހޫރު ތަރިންގެ ހޫނު މަރުހަބާތައް ދަނީ އޮހެމުންނެވެ.

ރަންބީރް ކަޕޫރާއި އާލިއާ ބަޓް ކައިވެނިކޮށްފައިވަނީ މިއަހަރުގެ އޭޕްރީލް މަހުއެވެ. ރައްޓެހިންނާއި އާއިލާގެ މީހުންގެ ހާޒިރުގައި އާލިއާ ބަޓާއި ރަންބީރު ކަޕޫރު ކައިވެނި ކޮށްފައިވަނީ މުމްބާއީގައި ހުންނަ ރަންބީރް ކަޕޫރްގެ އާއިލީ ގޭގައެވެ. މިއީ ރަންބީރު ބައްޕަ އާއި މަންމަ، ރިޝީ ކަޕޫރާއި ނީތޫ ކަޕޫރްވެސް ކައިވެނިކުރި ގެއެވެ.


ކިޔުންތެރިންގެ ހިޔާލު


4

ކެޓުރީނާ

08-Nov-2022

އޭނަ އުޅުނޭ މަށަށްވެސް އެލަނޑު ދޭން. އަހަރެން ފިއްތާލައިގެން އިނީމަ ރުޅިވީ… ދުވަސް ނުފުރާދޯ ވިހެއީ ނޫނީ ބަނޑަށް 2 މަހުގަ އިނީ….



ޓްރެންޑިން