1992 ވަނަ އަހަރު އެމެރިކާގެ އުތުރު ކެލިފޯނިޔާއިން ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރި ކާރެއް ގެއެއްގެ ގޯތިތެރޭގައި ވަޅުލާފައި އޮއްވާ ފެނިއްޖެއެވެ.
މީގެ 30 އަހަރު ކުރިން ގެއްލުނު މާސިޑީޒް ބެންޒު ބްރޭންޑްގެ މި ކާރު މަސައްކަތެއް ކުރަމުންދިޔަ ބަޔަކަށް މިދިޔަ ހަފްތާގައި ފެނިފައިވަނީ ކެލިފޯނިޔާގެ ސިލިކަން ވެލީގެ ޓައުނެއްގައި ހުރި އަގުބޮޑު ގެއެއްގެ ގޯތި ތެރޭގައި ވަޅުލާފައި އޮއްވައެވެ.
ފުލުހުން ކުއްތާތައް އެ ސަރަހައްދަށް ގެންގޮސް ބެލިބެލުމުން ވަޅުލާފައި އޮތް ކާރާއެކު އިންސާނެއްގެ ހަށިގަނޑުގެ ބައިތައް ވެސް ހިމެނޭކަމަށް ބެލެވޭކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އެކަން މުޅިން ޔަގީނެއް ނުވެއެވެ.
ފުލުހުން ބުނާގޮތުގައި މި ކާރު ވަޅުލާފައި ވަނީ 4 ފޫޓާއި 5 ފޫޓާއި ދެމެދުގެ ފުން މިނެއްގައެވެ. އަދި ކާރު ވަޅުލާފައިވަނީ އެ ކާރު ފެނުނު ގޭގެ ވެރިފަރާތުން އެ ގެ ގަތުމުގެ ކުރިން ކަމަށްވެސް ފުލުހުން ބުނެއެވެ.
މައުލޫމާތު އެނގޭ ފަރާތްތަކާއި ހަވާލާދީ ހަބަރުތައް ބުނާގޮތުން ކާރު ވަޅުލާފައި އޮއްވާ ފެނުނު ގެ އިމާރާތްކުރީ ޖޯނީ ލިއު ނަމަކަށް ކިިޔާ މީހެކެވެ. އޭނާއަކީ ނުރައްކާތެރި އެތައް ކުށެއްގެ ރެކޯޑް އޮތް މީހެކެވެ. އޭގެ ތެރޭގައި މީހުން މެރުމާއި މަކަރާއި ޙީލަތް ހެދުން ހިމެނެއެވެ.
އޭނާގެ އާއިލާގެ މީހުން ބުނާގޮތުން ކާރު ވަޅުލިކަމަށް ބުނާ ދުވަސްވަރު އެ ގޭގައި ދިރިއުޅުނީ ޖޯނީއާއި އޭނާގެ އާއިލާއެވެ. އަދި 2015 ވަނަ އަހަރު އޭނާ މަރުވެފައިވާކަމަށްވެސް އާއިލާއިން ބުނެއެވެ. އަދި ކާރު ގެއްލިގެން ރިޕޯޓްކުރި މީހާވެސް މިހާރު މަރުވެދާނެކަމަށް ކަމާއިބެހޭ ފަރާތްތަކުން ލަފާކުރެއެވެ. ނަމަވެސް އެކަން މުޅިން ޔަގީނެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު