އެމްޓީސީސީގެ ފަރާތުން ފޯރުކޮށްދޭ ދަތުރުފަތުރުގެ ޚިދުމަތަށް އިތުރުކޮށްފައިވާ އީވީ ބަސްތައް ކޮމިޝަންކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ މައިގަނޑު އެއް ވައުދު ކަމަށްވާ ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖެ ގުޅާލުމުގެ ވައުދުގައި ހިމެނޭ ރާއްޖެ ޓްރާންސްޕޯޓު ލިންކް (އާރްޓީއެލް) އިން މާލޭގައި ދޭ ބަހުގެ ހިދުމަތުގައި ބޭނުންކުރަން އިލެކްޓްރިކް ބަސްތަކެއް ގެނެސްފައިވަނީ މިދިޔަ ހޯމަދުވަހުއެވެ.
އެމްޓީސީސީން ބުނީ، މާލޭގައި ދުއްވާ ބަސް ފްލީޓަށް އަލަށް ގެނެސްފައިވާ އިލެކްޓްރިކް 6 ބަސް ކޮމިޝަން ކުރުމުގެ މަސައްކަތަށްފަހު އާރްޓީއެލް މިނީ ބަހުގެ ހިދުމަތުގައި ބޭނުންކުރަން ފަށާނެ ކަމަށެވެ. މިއީ ރާއްޖެއިން 2030ވަނަ އަހަރުގެ ނިޔަަލަށް ކަނޑައަޅައިފައިވާ ނެޓް ޒީރޯ އިނީޝިއޭޓިވް ހާސިލްކުރުމުގައި ބައިވެރިވުމުގެ ގޮތުން އެމްޓީސީސީން ޚިދުމަތަށް ނެރޭ ބަސްތަކެކެވެ.
ޖުމްލަ 15 މީހުންގެ ޖާގައިގެ އެ ބަސްތަކުގައި ފަތްޖެހޭ ދެ ގޮނޑި ހިމެނޭހެން 11 ގޮނޑިއަކާއި ހަތަރު މީހަކަށް ކޮޅަށް ތިބެވޭނެ ޖާގަ ހުންނާނެކަމަށް އެމްޓީސީސީން ބުނެއެވެ. އަދި އެއީ ހަނި މަގުތަކުގައި ވެސް ދުއްވަން އެކަށީގެންވާ ބަސްތަކެއް ކަމަށް އެމްޓީސީސީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު