އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓެންހަމް ހޮޓްސްޕާސް ވާދަކުރި މެޗް އެއްވަރުވެގެން ނިމިއްޖެ އެވެ. ޓޮޓެންހަމްގެ ދަނޑުގައި ރޭ ކުޅުނު މެޗް އެއްވަރުވެފައި ވަނީ 1-1 ގެ ނަތީޖާ އިންނެވެ.

ރޭގެ މެޗަށް މެންޗެސްޓަރ ޔުނައިޓެޑް ނުކުތްއިރު އެޓީމުގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ފްރާންސްގެ ޕައުލް ޕޮގްބާ އާއި މިއަހަރު އެ ޓީމަށް އަލަށް ގެނައި ޕޯޗްގަލްގެ ތަރި ބްރޫނޯ ފެނާންޑޭޒް އާ ދެ ކުޅުންތެރިން އެކުގައި ފެންނާނެ ކަމަށް ބެލެވުނު ނަމަވެސް، ރޭގެ މެޗް ޔުނައިޓެޑުން ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އަނިޔާގައި ހުރި ޕޮގްބާ ބެންޗްގައި ބައިންދައިގެންނެވެ.

ރޭގެ މެޗްގައި ޓޮޓެންހަމް އަށް ލީޑް ނަގައިދިން ލަނޑު މެޗްގެ 27 ވަނަ މިނެޓްގައި ކާމިޔާބުކޮށްދީފައި ވަނީ ސްޓީވަން ބާގްވައިން އެވެ. ރޭގެ މެޗްގައި ޔުނައިޓެޑުން ނަތީޖާ ހަމަހަމަ ކުރީ، ޓޮޓެންހަމްގެ ޑިފެންޑަރު އެރިކް ޑަޔާ ޕޮގްބާ އަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ އަކުންނެވެ. މެޗް ނިމެން ނުވަ މިނެޓަށް ވެފައި ވަނިކޮށް ލިބުނު މި ޕެނަލްޓީ ގޯލަކަށް ބަދަލުކޮށްލީ ފެނާންޑޭޒް އެވެ.

މެޗްގެ ފަހު ވަގުތުވެސް މެޗްގެ ރެފްރީ ވަނީ ޔުނައިޓެޑަށް ޕެނަލްޓީ އެއް ދީފައެވެ. ނަމަވެސް ވީއޭއާރުގެ އެހީގައި އަލުން ބެލުމަށްފަހު އެއީ ޕެނަލްޓީއެއް ނޫންކަމަށް ވަނީ ނިންމައިފަ އެވެ.

ރޭގެ މެޗުން ހޯދި ޕޮއިންޓާއެކު ޔުނައިޓެޑުން ވަނީ ހަތަރު ވަނައިގައި އޮތް ޗެލްސީ އާ ދެމެދު އޮތް ފަރަގު ދެ ޕޮއިންޓަށް ކުޑަކޮށްފަ އެވެ. ނަމަވެސް މާދަމާ ރޭ އެސްޓަން ވިލާ އާ ދެކޮޅަށް ޗެލްސީ ކުޅޭ މެޗް އެޓީމުން ކާމިޔާބުކޮށްފި ނަމަ އެ ފަރަގު ފަސް ޕޮއިންޓަށް ފުޅާވެގެން ދާނެއެވެ. ޓޮޓެންހަމް މިވަގުތު އޮތީ ޔުނައިޓެޑަށް ވުރެ ހަތަރު ޕޮއިންޓް މަދުން ލިބިގެން ޓޭބަލްގެ އަށް ވަނައިގަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން