އެކްތާ ކަޕޫރުގެ ޓީވީ ސީރީޒް ކުސުމް އިން މަޝްހޫރުކަން ލިބިގެންދިޔަ ސިދާންތު ވީރް ސޫރްޔަވަންޝީ ކުއްލި ގޮތަކަށް މަރުވެއްޖެއެވެ.

46 އަހަރުގެ ސިދާންތު މަރުވެފައިވަނީ ޖިމްގައި ކަސްރަތު ކުރަނިކޮށެވެ. އޭނާ މަރުވިއިރު ދެ ދަރިން ތިބެއެވެ.

ސިދާންތު މަރާ ގުޅޭގޮތުން އޭނާގެ އާއިލާގެ މެމްބަރުން ރަސްމީކޮށް އެއްވެސް ބަޔާނެއް ނުދިން ނަމަވެސް، މީޑިއާ ރިޕޯޓެއްގައި ބުނެފައިވަނީ އޭނާއަށް ހާޓް އެޓޭކެއް ޖެހިފައިވާ ކަމަށެވެ. އަދި ޖިމްގައި ކަސްރަތު ކުރަން ހުއްޓައި އޭނާ ބިންމައްޗަށް ވެއްޓުމާއެކު މުމްބާއީގެ ކޮކިލަބެން ދިރުބާއީ އަމްބާނީ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެއެވެ.

ސިދާންތު ޓީވީން ފުރަތަމަ ފަހަރަށް ފެނިގެންދިޔައީ ޓީވީ ސީރީޒް ކުސުމްގެ ކެމިއޯ ރޯލަކުންނެވެ. އޭގެ ފަހުން އޭނާ ވަނީ ޓީވީ ސީރީޒް ކްރިޝްނާ އަރްޖުން، ކަސައުޓީ ޒިންދަގީ ކީ، ޒަމީންސޭ އާސްމާން، އަދި ގްރިހަސްތީ އިން ފެނިގެންގޮސްފައެވެ.

މިހާތަނަށް ޖުމްލަ 24 ޓީވީ ޝޯވް އަކުން ސިދާންތު ފެނިގެން ގޮސްފައިވާކަން ރިޕޯޓުތައް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން