ވަރުގަދަ ބާސެލޯނާ މޮޅުނުވުމުން، ސްޕެނިޝް ލީގުގެ ވާދަވެރިކަން ބޮޑުވެއްޖެ އެވެ. ރަށުން ބޭރުގައި ރޭ ބާސެލޯނާއިން ސެވިއްޔާ އާ ދެކޮޅަށް ކުޅުނު މެޗް ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ.
ރޭގެ މެޗުން ބާސެލޯނާ އަށް ތިން ޕޮއިންޓް ނުލިބުމުން އެ ޓީމާއި ދެވަނައިގައި އޮތް ރެއާލް މެޑްރިޑާއި ދެމެދު އޮތް ފަރަގު ފަސް ޕޮއިންޓަށް ފުޅާ ކުރަން އެ ޓީމަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. އަދި މާދަމާ ރޭ ރެއާލް މެޑްރިޑުން ރަށުން ބޭރުގައި ރެއާލް ސޮސިއެޑާޑް އާ ވާދަކުރާ މެޗް ކާމިޔާބުކޮށްފި ނަމަ ޕޮއިންޓްގެ ގޮތުން ބާސެލޯނާއާ އެ ޓީމް ހަމަހަމަ ވާނެ އެވެ.
ރޭގެ މެޗްގައި ގިނަ ވަގުތު ބާސެލޯނާ އިން ބޯޅަ ގެންގުޅުނު ނަމަވެސް ސެވިއްޔާގެ ގޯލަށް ނުރައްކާ ކުރެވޭ ވަރުގެ ގިނަ ފުރުސަތުތަކެއް އެ ޓީމަށް ތަނަވަސްކުރެވޭ ގޮތެއް ނުވިއެވެ. ރޭގެ މެޗްގައި ސެވިއްޔާ އަށް ކިރިޔާ ވެސް ހާސްކަމެއް ކުރިމަތިކުރުވީ ރޭގެ މެޗްގައި ކެރިއަރުގެ 700 ވަނަ ގޯލް ޖަހަން އުއްމީދުކޮށްގެން ހުރި ކެޕްޓަން ލިއޮނަލް މެސީ ފޮނުވާލި ހިލޭ ޖެހުމެވެ. އެކަމަކު ފުރަތަމަ ހާފްގައި މެސީ ފޮނުވާލި ހިލޭ ޖެހުން އަމާޒުވީ ގޯލްގެ ހުރަސް ދަނޑިއާ އެވެ.
ރޭގެ މެޗްގައި ސެވިއްޔާ އަށް ލިބުނު ފުރުސަތެއްގައި އެ ޓީމްގެ ލޫކަސް އޮކަމްޕަސް ފޮނުވާލި ބޯޅަ ގޮސް ބާސެލޯނާގެ ގޯލްގެ ހުރަސް ދަނޑީގައި ޖެހިފައިވާއިރު، ރޭގެ މެޗުން މޮޅުވާން މެޗްގެ އިތުރު ވަގުތުގައި ސެވިއްޔާގެ ޑިފެންޑަރު ސާޖިއީ ރެގިލަން ބާސެލޯނާގެ ޕެނަލްޓީ އޭރިޔާގެ ތެރޭގައި ހުހަށް ހުއްޓާ ލިބުނު ބޯޅަ އޭނާ އަށް ފޮނުވާލެވުނީ ސީދާ ބާސެލޯނާގެ ގޯލްކީޕަރު ޓަރ ސްޓެގަން އާ ދިމާލަށެވެ.
ރޭގެ މެޗުން ބާސެލޯނާ އަށް ތިން ޕޮއިންޓް ހޯދައިދޭން މެޗް ނިމެން ގާތްވެފައިވަނިކޮށް ލުއިސް ސުއަރޭޒް އަށް ލިބުނު ފުރުސަތު ބޭކާރުވިއިރު ލަނޑެއް ކާމިޔާބުކުރުމަށްޓަކައި މެޗްގެ ފަހުކޮޅު އެ ޓީމަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް އަންޓުއަން ގްރީޒްމަން ކުޅެން އެރުވި ނަމަވެސް އޭނާގެ ފަރާތުން ޓީމަށް އެދެވޭ ފައިދާއެއް ކޮށްފައެއް ނުވެއެވެ.
ކޯވިޑް-19 އާ ގުޅިގެން ސަޕޯޓަރުން ނުވައްދާ ލީގު މެޗްތައް ކުރިއަށް ގެންދާއިރު، ލީގުގައި ބާސެލޯނާ އަށް ބާކީ އަށް މެޗު އެބައޮތެވެ.

ކިޔުންތެރިންގެ ހިޔާލު