ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހްރުކް ޚާނާއި އޭނާގެ ޓީމު، އިންޑިއާގެ މުމްބާއީގެ އެއަރޕޯޓަކުން ހުއްޓުވައިފިއެވެ.

ޝާހްރުކް ޚާނާއި އޭނާގެ ޓީމު ހުއްޓުވާފައިވަނީ ޗަތުރަޕަތީ ޝިވާޖީ އިންޓަނޭޝަނަލް އެއާޕޯޓްގެ ކަސްޓަމްސް ޑިޕާޓްމަންޓުން ރޭ ދަންވަރުގެ ވަގުތެއްގައެވެ. އެމީހުން ހުއްޓުވާފައިވަނީ އަގުބޮޑެތި ގަޑިތަކެއްގެ މައްސަލައިގައެވެ. އެގޮތުން މިއަގުބޮޑު ގަޑިތަކުގެ އަގު 17.86 ލައްކަ އިންޑިއާ ރުޕީސްއަށް އަރާކަމަށް އޮފިޝަލުން ހާމަކޮށްފައިވެއެވެ. މީގެ ތެރޭގައި އެޕަލް ބްރޭންޑުގެ ހަ ގަޑިއެއް ހިމެނޭކަމަށްވެއެވެ.

ކަސްޓަމުން ޝާހްރުކް ޚާނާއި އޭނާގެ ޓީމު ދޫކޮށްލައި އެމީހުން ފުރުމުގެ ހުއްދަ ދީފައިވަނީ އަގުބޮޑު މިގަޑިތަކަށް އަރާ 6.88 ލައްކަ ރުފިޔާގެ ކަސްޓަމްސް ޑިއުޓީ ދެއްކުމުންނެވެ.

"އަމިއްލަ ޕްރައިވެޓް ފްލައިޓްތަކަށް ވަކިން ހާއްސަކޮށްފައިވާ ޓާމިނަލްގައި ރަތް ޗެނަލެއް ނުވަތަ ފެހި ޗެނަލެއް ނެތް. ފުރަން އަންނަ ކޮންމެ މީހެއްގެ ލަގެޖެއް ވެސް ސްކްރީނިން ހަދާނީ ޖެނެރަލް އޭވިއޭޝަން (ޓާމިނަލް) ގައި،" އަގުބޮޑެތި ގަޑިތަކަކާއިއެކު މަޝްހޫރު މީހަކު ހިފެހެއްޓުމާއި ބެހޭގޮތުން ކުރި ސުވާލަކަށް ޖަވާބުދެމުން އެއަރޕޯޓުގެ އޮފިޝަލަކު ވިދާޅުވި ކަމަށް އިންޑިއަން އެކްސްޕްރެސް އިން ބުނެ އެވެ.

ޝާހްރުކް ޚާނާއި އޭނާގެ ޓީމު އެއަރޕޯޓުގައި ހުއްޓުވާފައިވަނީ އެކްޓަރު ޔޫއޭއީގެ ޝަރޖާހުގައި އޮތް އިންޓަނޭޝަނަލް ބުކް ފެއާ އިވެންޓެއް ނިންމައި އެނބުރި ގައުމަށް އައުމުންނެވެ. މި އިވެންޓުގައި އޭނާއަށް ވަނީ ގްލޯބަލް އައިކަން އޮފް ސިނަމާ އެންޑް ކަލްޗަރަލް ނެރެޓިވް އެވޯޑް ހާސިލުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން