ދުންފަތުގެ އިސްތިއުމާލު ކުރަމުން ޗައިނާގެ ދުވުންތެރިއަކު މެރަތަނެއް ނިންމައިފިއެވެ.
ޗައިނާގައި ހުސްވި ހަފްތާގައި އޮތް މި މެރެތަންގައި އުމުރުން 50 އަހަރުގެ ޗެން ނަމަކަށް ކިޔާ މިދުވުންތެރިޔާ ރޭސް ނިންމާލީ އެންމެ 3 ގަޑި 28 މިނެޓުންނެވެ. އަދި އޭނާ ވަނީ 1،500 އަށް ވުރެ ގިނަ ވާދަވެރިންގެ ތެރެއިން 574 ވަނަ ހޯދާފައެވެ.
މެރަތަން ނިންމި ވަގުތައްވުރެ މިމެރަތަންގައި އޭނާ މަޝްހޫރުވެގެން ގޮސް ގިނަ ބައިނަލްއަގުވާމީ މީޑިއާތަކުގެ ސަމާލުކަން ލިބުނީ މެރަތަން ދުވަމުން ސިނގިރެޓް ބޯ މަންޒަރު އާންމުވުމާއި ގުޅިގެންނެވެ. ނަމަވެސް މިއީ އޭނާ ސިނގިރެޓު ބޮމުން މެރަތަނެއް ނިންމި ފުރަތަމަ ފަހަރެއް ނޫނެވެ.
"އަންކަލް ޗެން" ގެ ނަމުން ޗައިނާގައި މަޝްހޫރުވެފައިވާ މިދުވުންތެރިޔާ ވަނީ 2018 ވަނަ އަހަރުގެ ގުއަންޒޯ މެރެތަން އާއި 2019 ވަނަ އަހަރުގެ ޒިއާމަން މެރެތަން ފަދަ އެހެން ދުވުންތަކުގައިވެސް ސިނގިރެޓު ބޮމުން ދުވާތަން ފެނިގެންގޮސްފައިވެއެވެ. އޭނާ ފުރަތަމަ މަޝްހޫރުވެގެން ދިޔައީ 2017 ވަނަ އަހަރު އޮތް ދުވުމަކަށް ފަހު ދުންފަތުގެ އިސްތިއުމާލު ކުރާ ބޭބެގެ ނަމުންނެވެ.
ބައެއް މީޑިއާތަކުން ފާހަގަކޮށްފައިވާ ގޮތުގައި ޗެން ދުންފަތުގެ އިސްތިއުމާލު ކުރަނީ ހަމައެކަނި ދުވާ ވަގުތުތަކުގައެވެ.
ކުޅިވަރުގެ މައިދާނުގައި ކުޅިވަރު ކުޅޭ ތަންތާގައި ފުންފަތުގެ އިސްތިެުމާލު ކުރުމަކީ ވަރަށް ހަރުކަށިކޮށް މަނާކޮށްފައިވާ ކަމެކެވެ. އެއީ އަދަބު ވެސް ލިބޭ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު