ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ، އުއްޗު ގެ އުފަންދުވަސް ފާހަގަ ކުރުމަށް އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ފާއިޒް ރާއްޖެއަންނަން ތައްޔާރުވަމުންދާކަން ފާއިޒް ހާމަކޮށްފިއެވެ.

މިހާރު ދައުރުވަމުންދާ ވީޑިއޯއެއްގައި ފާއިޒު ބުނެފައިވަނީ އުއްޗުގެ އުފަންދުވަސް ފާހަގަކުރުމަށް ޑިސެމްބަރ 26 ވަނަ ދުވަހު ހާއްސަ ޝޯވްއެއް ދިނުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މި ޝޯވް އާއެކު އުއްޗުގެ އުފަންދުވަސް ފާހަގަކުރުން އޮތީ ކުރެއްދޫ ރިސޯޓްގައި ކަމަށްވެސް ފާއިޒު ބުނެފައިވެއެވެ.

ފާއިޒު ބުނީ އުއްޗުގެ އުފަންދުފަސް ފާހަގަ ކުރުމަށް ބާއްވާ ޝޯވްގައި ގިނަބަޔަކަށް ފޭވަރިޓު ލަވަތަކެއް ކިޔައިދޭން ތައްޔާރުވަމުންދާކަމަށެވެ.

އިންޑިއާގެ ޖޯދްޕޫރަށް އުފަން، 14 އަހަރުގެ މުހައްމަދު ފާއިޒަކީ މިހާރު މަޝްހޫރު ލަވަކިޔުންތެރިއެކެވެ. އޭނާ އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ މިއަހަރު އިންޑިއާގައި ބޭއްވި ލަވަކިޔުމުގެ ރިއަލިޓީ ޝޯ "ސުޕަސްޓާ ސިންގަރ" ގެ ސީޒަން ދޭކުން އެއްވަނަ ހޯދި ލަވަކިއުންތެރިއާގެ ގޮތުގައެވެ. އެޝޯވް އަށްފަހު، ފާއިޒް ވަނީ ލަވަކިޔުންތެރިޔާ ހިމޭޝް ރޭޝްމިޔާގެ އެހީގައި އަމިއްލަ ލަވަތަކެއްވެސް ރިލީޒްކޮށްފައެވެ.

އާންމު ދިރިއުޅުމުގައިވެސް ވަރަށް ސަކަ އަދި މަޖާ މިޒާޖެއްގެ ވެރިއެއްގެ ގޮތުގައި ފާހަގަކުރެވޭ އުއްޗު މީގެ ކުރިންވެސް ވަނީ އޭނާގެ އުފަންދުވަސް ފާހަގަ ކުރުމުގެ ހަފުލާތަކާއި އެހެނިހެން ހަފްލާތަކުގައި އަވަށްޓެރި ގައުމުތަކުގެ ފަންނާނުންނާއެކު ފެނިގެން ގޮސްފައެވެ.

އެގޮތުން މިމަހު ކުރީކޮޅު ރާއްޖެއައި ލަންކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޔޮހާނީ އާވެސް އުއްޗު ވަނީ ބައްދަލުކުރަށްވާފައެވެ. އެފަހަރުވެސް ގޮހާނިއާއެކު އުއްޗު ފެންނަ ވަރަށް ތަފާތު ސަކަ ފޮޓޯތައް އާންމުވެގެން ގޮސްފައި ވެއެވެ. އަދި އުއްޗުއާއި ޔޮހާނީގެ މި ބައްދަލު ކުރެއްވުމުގެ ހަބަރު ރާއްޖެއާއި އަވަށްޓެރި ލަންކާގެ މީޑިއާގެ ސަމާލު ކަމަށްވެސް އައިސްފައިވެއެވެ.

މީގެކުރިން އުއްޗުވަނީ ރާއްޖެއަށް ޒިޔާރަތްކުރި އިންޑިއާގެ ރީތީގެ ރާނީ ޕްރިޔަންކާ ޗޯޕްރާއާވެސް ސްޓޭޖު މަތިން ބައްދަލު ކުރަށްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ޕްރިޔަންކާގެ ރީތިކަން ބުނެދިނުމަށް އުއްޗު ހިންދީ ބަހުން ބޭނުންކުރެއްވި ބަސްކޮޅަކީ ގިނަބައެއްގެ ސަމާލުކަން ލިބުނު ކަމެއްކަން ފާހަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން