2024 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ކާންޔޭ ވެސްޓް ވާދަކުރާނެކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ.

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓު، ނުވަތަ މިހާރުގެ ނަމުންނަމަ ޔޭ، ވަނީ އަންނަ އަހަރު އެމެރިކާގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން ރަސްމީކޮށް އިއުލާންކޮށް، އޭނާގެ ކެމްޕޭން ލޯގޯވެސް އިއުލާންކޮށްފައެވެ. އެގޮތުން އޭނާ ވަނީ އޭނާގެ ކެމްޕޭން ލޯގޯގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުކޮށް، އޭގެ އިތުރުން 'ޔޭ 24' ގެ ކެޕްޝަން ވެސް އާންމުކޮށްފައެވެ.



ކާންޔޭ ވެސްޓް ވަނީ 2020 ވަނަ އަހަރުވެސް އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކޮށްފައެވެ. ނަމަވެސް ކާންޔޭއަށް ލިބުނީ 70،000 ވޯޓެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން