ލަވަކިޔުންތެރިޔާ ސެލީން ޑިއޮން ފަރުވާއެއް ނެތް ބައްޔެއް ތަހައްމަލު ކުރަމުންދާކަން ހާމަކޮށްފިއެވެ.

ސެލީން ޑިއޮން އޭނާގެ ފޭނުންނަށް ދިން ހާއްސަ މެސެޖެއްގައި މިކަން ހާމަކޮށްދެމުން އޭނާއަށް ނާރުގެ ބައްޔެއް ޖެހިފައިވާކަން ހާމަކޮށްފައިވެއެވެ. މިބަލީގައި އޭނާގެ ހަށިގަނޑުގައިވާ މަސްތައް ގުޑާ ނުލެވޭވަރަށް ހަރުވާކަމަށް ބުނެފައިވެއެވެ. މިބައްޔަކީ ސްޓިފް ޕަރސަން ސިންޑްރޮމްގެ ނަމުން ނަންދެވިފައިވާ ބައްޔެކެވެ.

މިބަލީގެ ސަބަބުން އޭނާއަށް ހިނގަން އުނދަގޫވެ، ލަވަކިޔަންވެސް ބައެއްފަހަރު އުނދަގޫވާކަމަށް ސެލީން ޑިއޯން ފާހަގަކޮށްފައިވެއެވެ.

އުމުރުން 54 އަހަރުގެ ސެލީން ޑިއޯން އަކީ ބިކޯޒް ޔޫ ލަވްޑް މީ، މައި ހާޓް ވިލް ގޯ އޮން، އިޓްސް އޯލް ކަމިންގ ބެކް ޓު މީ ފަދަ ރީތީ އިނގިރޭސި ލަވަތަކެއް ރިލީޒްކޮށްފައިވާ ލަވަކިއުންތެރިއެކެވެ. އަދި އުމުރުން ކިތަންމެ ދޮއްޓަސް، އަދިވެސް އޭނާ ދަނީ އެތައް ޝޯވްތަކެއް އޭނާގެ ފޭނުންނަށް ހުށައަޅައިދެމުންނެވެ.

ނަމަވެސް އޭނާގެ ސިއްހީ ހާލަތު ހުރިގޮތުން ޔޫރަޕުގައި އަންނަ އަހަރު ކުރީކޮޅު ބާއްވަން ހަމަޖެހިފައިވާ ޝޯވްތައް މިހާރު ވަނީ 2024 ވަނަ އަހަރަށް ފަސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


13

އަހުމަދު

22-Feb-2023

"ދޮއްޓަސް" މީ ދިވެހި ޒުވާނުން މާ ބޮޑުކަމަކަށް ހަދާ ކަމެކެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި އުމުރު ބަލަނީ އަދަދެއްގެ ގޮތުގައެވެ. ބަލާ އުޅެނީ މިހާގެ ގާބިލުކަމެވެ.



ޓްރެންޑިން