ހދ. ނޮޅިވަރަމްގައި ޒުވާން އަންހެން ކުއްޖަކު މިއަދު ކުއްލި ގޮތަކަށް މަރުވެއްޖެއެވެ.
މަރާލާފައި އޮތްކަމަށް ޝައްކުވާ އަންހެންކުއްޖާއަކީ އެރަށު ހިތަށް ފިނިވާގޭ، އުމުރުން 28 އަހަރުގެ އައިޝަތު ނިޝާމާ ކަމަށް މަޢުލޫމާތު ލިބެއެވެ. އޭނާގެ ހަށިގަނޑު ފެނިފައިވަނީ ކޮޓަރީގެ ދޮރު ނުހުޅުވައިގެން ދޮރު ވައްޓާލައިގެން ވަދެ ބެލުމުންނެވެ.
އަންހެން ކުއްޖާގެ މަރާއި ގުޅިގެން ފުލުހުން ބުނީ ނޮޅިވަރަމްގައި މީހަކު މަރާލައިގެން އުޅޭ ކަމަށް ބުނެ މިއަދު 12:30 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި މި މައުލޫމާތު ލިބުމާއެކު ފުލުހުން ސީނަށް ގޮސް ހޭނެތިފައި އޮތް މީހަކު ފުލުހުންގެ އެހީތެރިކަމާއެކު އެ ރަށު ހެލްތު ސެންޓަރަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެމީހާ ހެލްތު ސެންޓަރަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާ ދީ ފުލުހުން ބުނެފައިވެއެވެ. ނިޔާވި މީހާގެ ތިން ކުދިން ދުނިޔޭގައި އެބަތިބިއެވެ.
ނޮޅިވަރަމް ރަށު ކައުންސިލާ ޙަވާލާދީ ބައެއް މީޑިއާތަކުން ބުނެފައިވަނީ އެ މަރާ ގުޅިގެން އޭނާގެ ފިރިމީހާގެ މައްޗަށް ޝައްކު ކުރެވޭއިރު އޭނާ ވަނީ ފިލައިގެން އެރަށުން ގޮސްފައި ކަމަށެވެ.
ނޮޅިވަރަމަށް ނިސްބަތްވާ އެ އަންހެންކުއްޖާގެ ފިރިމީހާއަކީ އދ. ފެންފުއްޓަށް ނިސްބަތްވާ މީހެއްކަމަށް މައުލޫމާތު ލިބެއެވެ.
ފުލުހުންބުނީ މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު