އިންޑިއާގެ ބިގް ބޮސްގެ ކުރީގެ ކޮންޓެސްޓަންޓް، އުރްފީ ޖާވިދަކީ، ގޯނި، ބިއްލޫރި، ޗޭނު އަދި ސިމްކާޑު ފަދަ އާދަޔާ ޚިލާފު އެއްޗެހި ބޭނުންކޮށް އުފައްދާފައިވާ ހެދުން އެޅުމުގައި މަޝްހޫރު ފަރާތެކެވެ.

ބިގް ބޮސްގެ އިތުރުން އުރްފީ ޖާވިދަކީ ސޯޝަލް މީޑިއާގައި ވެސް ފުދޭވަރަކަށް މަގުބޫލު އަދި ގިނަ އަދަދެއްގެ ފޭން ފޮލޯވަރުންތަކެއް ލިބިފައިވާ މީހެކެވެ. އެގޮތުން އުރްފީ ވަނީ އޭނާ ހެދުން އަޅާ ގޮތާއިމެދު އުފުލާފައިވާ ގާނޫނީ ދައުވާތަކަށް ރައްދު ދީ، އޭނާގެ ހެދުން އެޅުމާމެދު ކަންބޮޑުވާއިރު، މީހުން ރޭޕް ކުރާ ފަރާތްތަކާމެދު ކަންބޮޑު ނުވަނީ ކީއްވެތޯ އަހާ ސުވާލުކޮށްފައެވެ.

"އަހަރެން ހައިރާންވެއްޖެ. އަހަރެންނަށް ރޭޕް ކުރާނެ، މަރާލާނެ ކަމަށް ފާޅުގައި އިންޒާރުދޭ މީހުންނަކީ އެއްވެސް މައްސަލައެއް ކަމަކަށް ނުބެލެވޭ. އަހަރެން ލާ ހެދުމުގެ ސަބަބުން މައްސަލަ ބޮޑުވޭ ނަމަވެސް ރޭޕްކޮށް މީހުން މަރާ ފިރިހެނުންނާމެދު އެއްވެސް މައްސަލައެއް ނެތް."

މިއީ އުރްފީ ލާ ހެދުމުގެ ސަބަބުން އޭނާ އާއި ދެކޮޅަށް ގާނޫނީ މައްސަލަތަކެއް ކުރިމަތިވި ފުރަތަމަ ފަހަރެއް ނޫނެވެ. އޭނާ އާއި ދެކޮޅަށް މިހާތަނަށް ހުށައަޅާފައިވާ މައްސަލަ ތަކުގެ ބޮޑުބައެއް ހިއްސާކުރަނީ އޭނާ ހެދުން އެޅުމުގައި ނިވާކަން ކުޑަ ހެދުން ލާތީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން