ކުރީގެ މާވެޔޮ މިސްކިތް ޒަމާނީ ފެންވަރަކަށް ޢިމާރާތްކޮށް ނިންމާފައިވަނީ މަޝްހޫރު ވިޔަފާރިވެރިޔާ މުޙައްމަދު ޢަލީ ޖަނާހުގެ އަމިއްލަ ޚަރަދުގައި އޭނާގެ ބައްޕަގެ ހަނދާނުގައި ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ޑިސެމްބަރުު 2017 ގައި މަސައްކަތް ފެށި އެ މިސްކިތުގެ މަސައްކަތް އެއްކޮށް ނިންމައި، މިދިޔަ ހޮނިހިރު ދުވަހު އިސްލާމިކް މިނިސްޓްރީން މިސްކިތާ ހަވާލު ވެފައިވާ ކަމަށެވެ.
"ރަމަޟާން މަސް ފެށުމުގެ ކުރިން 16 އޭޕްރީލްގައި މިނިސްޓްރީއާ މިސްކިތް ހަވާލުކުރަން ވެސް މިސްކިތް އިމާރާތް ކުރެއްވި ފަރާތުން މަސައްކަތް ކުރި. އެކަމަކު ލޮކްޑައުން ވެފައި ތިބީމާ މިނިސްޓްރީއާ އެ މިސްކިތް ހަވާލު ނުކުރެވި އޮތީ. ދެން މިހާރު ހުުޅުވުމަށްޓަކައި ވާން ޖެހޭ ތައްޔާރީތައްވެ ނިމިފައި ވަނީ." ޑރ. ޒާހިރު ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މަސްޖިދުލް ބަހާއުއްދީންގެ ނަން މިހާރު ވަނީ މިސްކިތް ޢިމާރާތްކުރެއްވި މުޙައްމަދު ޢަލީ ޖަނާހުގެ ބައްޕާފުޅުގެ ނަމާއި ގުޅުވައިގެން މަސްޖިދުލް އަލީ ހުސައިން އަށް ބަދަލުކޮށްފައި ކަމަށެވެ.
މީގެ ކުރިން 400 އެއްހާ މީހުންގެ ޖާގައިގެ މާވެޔޮ މިސްކިތް އަލުން އިމާރާތްކޮށްފައި ވަނީ ޓެރަހަކާއެކު ހަތް ބުރިއަށެވެ. މިހާރު އެ މިސްކިތުގެ ޖާގަ ވަނީ ގާތްގަނޑަކަށް 1800 އަށް އިތުރުވެފައެވެ. މިސްކިތުގެ އެއް ފްލޯ އަކީ އަންހެނުންނަށް ހާއްސަ ފްލޯއެކެވެ. މުޅި މިސްކިތް އޭސީ ކޮށްފައިވާއިރު، އެއް ފްލޯއިން އަނެއް ފްލޯއަށް ދިޔުމަށް 10 މީހުންގެ ޖާގައިގެ ލިފްޓެއްވެސް ވަނީ ބަހައްޓާފައެވެ.

ކިޔުންތެރިންގެ ހިޔާލު