ކޮވިޑާއި ގުޅިގެން މަރާމާތަށް ބަންދުކުރި އޮލިމްޕަސް ހުޅުވަން ތައްޔާރުވެފައިވާތީ އެ ތަން ބުކް ކުރުމުގެ ފުރުސަތު ނެޝަނަލް ސެންޓަރ ފޮރ އާޓްސްއިން ހުޅުވާލައިފިއެވެ.
އެންސީއޭއިން މިއަދުކުރި އިއުލާނެއްގައި ބުނެފައިވަނީ، އޮލިމްޕަހުގައި އެކިއެކި ހަރަކާތްތައް ބޭއްވުމަށް އެދޭ ފަރާތްތަކުން މިއަދުން ފެށިގެން އެޑްވާންސް ބުކިންގްއަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި ބުކިން ހެދޭނީ 15 ޖަނަވަރީ 2023 އިން ފެށިގެން ކަމަށް ވެސް ބުނެފައިވެއެވެ.
މީގެ އިތުރުން، އޮލިމްޕަސް އަލުން ބުކް ކުރަން ހުޅުވާލާއިރު، ކޮވިޑްގެ ހާލަތާއި ގުޅިގެން 2020 ވަނަ އަހަރު އޮލިމްޕަސް ބަންދު ކުރިއިރު ފިލްމު ދެއްކުމަށް އޮލިމްޕަސް ބުކްކޮށް، އެޑްވާންސް ދައްކާފައިވާ ފަރާތްތަކަށް އިސްކަންދޭނެ ކަމަށް ވެސް އެންސީއޭއިން ބުނެފައިވެއެވެ.
2023 ވަނަ އަހަރުގެ ޖަނަވަރީ 15 ގައި އޮލިމްޕަސް އަލުން ދޫކުރަން ފަށަން ނިންމިއިރު، އޮލިމްޕަސް ތަރައްގީ ކުރުމުގެ މަސައްކަތަކީ ނުނިމި ދިގުލައިގެން ދިޔުމުގެ ސަބަބުން އެ ދާއިރާގެ ގިނަ ފަންނާނުންގެ ބޮޑެތި ކަންބޮޑުވުންތަކާއި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ މަސައްކަތެކެވެ. އެއާއެކު ސަރުކާރުން ދިޔައީ އޮލިމްޕަސް ހުޅުވުމަށް އެކިފަހަރު އެކި ތާރީހުތައް ދެމުންނެވެ.
ސަރުކާރުން ބުނަމުން ގެންދަނީ ތަން ހުޅުވުން ލަސްވަނީ އެތަނަށް ބޭނުންވާ ތަކެތި ލިބުމުގައި ދަތިތަކެއް ހުރުމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު