ޖަރުމަންވިލާތުގެ ބާލިންގެ ރެޑިސަން ބުލޫ ހޮޓަލުގައި ހަދާފައި ހުރި 1500 އަށްވުރެ ގިނަ މަސް ގެންގުޅޭ އެކުއޭރިއަމެއް ފަޅައިގެން ހިނގައްޖެއެވެ.
52 ފޫޓުގެ، މިލިއަނެއްހާ ލީޓަރުގެ "އަކުއާޑޮމް" ގެ ނަމުން ނަން ދެވިފައިވާ މި އެކުއޭރިއަމަކީ ދުނިޔޭގައިވެސް ހުރި އެންމެ ބޮޑު ސިލިންޑެރިކަލް އެކުއޭރިއަމެވެ.
މި ހާދިސާގައި އެކުއޭރިއަމް ފަޅައިގެން ގޮސް ފޭބި ބިއްލޫރިން ދެ މީހަކަށް އަނިޔާވިކަމަށް ހަބަރުތައް ބުނެއެވެ. އަދި ހާދިސާގައި އެކުއޭރިއަމް ހުރި ރެޑިސަން ބުލޫ ހޮޓަލުގައި ވަރަށް ބޮޑަށް ފެންބޮޑުވުމާއި ގުޅިގެން އެ ހޮޓަލުގައި ތިބި ގެސްޓުން ވަނީ ހުސްކޮށްފައެވެ.
ބާލިންގެ ފަޔަރ ބްރިގޭޑުން ބުނީ އެކުއޭރިއަމް ފަޅައިގެން ދިއުމާއި ގުޅިގެން އޭގައި ހުރި ގިނަ އަދަދެއްގެ މަސް މަރުވެފައިވާކަމަށެވެ. ނަމަވެސް ޓޭންކު ފަޅައިގެން ގޮސް ހެދުނު ފެންގަނޑު ތެރޭގައި ހުރި ބައެއް މަސްތައް ސަލާމަތްވިކަމަށާއި، އެ އެއްޗެހި އެހެން އެކުއޭރިއަމްތަކަށް ބަދަލުކޮށްފައިވާކަމަށެވެ.
ކަމާއިބެހޭ ފަރާތްތަކުން ބުނާގޮތުން މި އެކުއޭރިއަމްގައި 100 އަށްވުރެ ގިނަ ބާވާތުގެ މަސް ހުއްޓެވެ.
އެކުއޭރިއަމް ހުރި ހޮޓަލަށް ބާލިންގެ މޭޔަރ ވަޑައިގަތުމަށްފަހު އެތަން ސިފަކުރެއްވީ ސުނާމީއެއް އަރާފައި އޮތް ތަނެއްގެ ގޮތުގައެވެ. މޭޔަރ ވިދާޅުވީ ފަތިސް ގަޑިއެއްގައި މިކަން ހިނގިކަމީ ނަސީބެއްކަމަށެވެ. އަދި ދުވާލު ކުޑަކުދިން މަގުމަތީގައި ގިނަވާ ވަގުތު މިފަދަ ކަމެއް ހިނގިނަމަ ހާލަތު ތަފާތުވީސްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިހާތަނަށް އައިއިރު މިކަން ހިނގަން މެދުވެރިވި ސަބަބެއް ހޯދިފައެއް ނުވެއެވެ. އަދި މިއީ ބަޔަކު ގަސްތުގައި ކުރި ކަމެއްކަމަށް ބެލެވޭނެ ހެއްކެއްވެސް ފެންނަން ނެތްކަމަށް ކަމާއިބެހޭ ފަރާތްތަކުން ބުނެއެވެ.
މިއީ ޔޫރަޕަށް އެންމެ ފިނި ދުވަސްވަރަށްވުމާއެކު، ބައެއް މީހުން ބުނާގޮތުން މިހާދިސާ ހިނގަން މެދުވެރިވީ މާބޮޑަށް ފިނިގަދަވެ، އެކުއޭރިއަމްގެ ބިއްލޫރިތަކުގައި ރެނދު އަޅައިގެނެވެ.
މި އެކުއޭރިއަމަކީ 2003 ވަނަ އަހަރު ހުޅުވި އެކުއޭރިއަމެކެވެ. ދުނިޔޭގެ އެންމެ ބޮޑު ސިލިންޑެރިކަލް އެކުއޭރިއަމްގެ ގޮތުގައި ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑުން ޖާގަ ހޯދާފައިވާ މި އެކުއޭރިއަމް ބިނާކުރުމަށް 11 މިލިއަން ޑޮލަރު ހަރަދުވިއެވެ.

Por errores en construcción y mantenimiento, revienta gigantesco acuario AquaDom del Radisson Blu en Berlín, Alemania y mueren los 15 mil peces exóticos que habitaban. Los humanos los atraparon, encerraron y condenaron a muerte, nada que no sea costumbre hacer con la naturaleza. pic.twitter.com/uIxcWYomtz
— javi (@javierperamz) December 16, 2022
ބާލިންގެ ފަޔަރ ބްރިގޭޑުން ބުނީ އެކުއޭރިއަމް ފަޅައިގެން ދިއުމާއި ގުޅިގެން އޭގައި ހުރި ގިނަ އަދަދެއްގެ މަސް މަރުވެފައިވާކަމަށެވެ. ނަމަވެސް ޓޭންކު ފަޅައިގެން ގޮސް ހެދުނު ފެންގަނޑު ތެރޭގައި ހުރި ބައެއް މަސްތައް ސަލާމަތްވިކަމަށާއި، އެ އެއްޗެހި އެހެން އެކުއޭރިއަމްތަކަށް ބަދަލުކޮށްފައިވާކަމަށެވެ.
ކަމާއިބެހޭ ފަރާތްތަކުން ބުނާގޮތުން މި އެކުއޭރިއަމްގައި 100 އަށްވުރެ ގިނަ ބާވާތުގެ މަސް ހުއްޓެވެ.
އެކުއޭރިއަމް ހުރި ހޮޓަލަށް ބާލިންގެ މޭޔަރ ވަޑައިގަތުމަށްފަހު އެތަން ސިފަކުރެއްވީ ސުނާމީއެއް އަރާފައި އޮތް ތަނެއްގެ ގޮތުގައެވެ. މޭޔަރ ވިދާޅުވީ ފަތިސް ގަޑިއެއްގައި މިކަން ހިނގިކަމީ ނަސީބެއްކަމަށެވެ. އަދި ދުވާލު ކުޑަކުދިން މަގުމަތީގައި ގިނަވާ ވަގުތު މިފަދަ ކަމެއް ހިނގިނަމަ ހާލަތު ތަފާތުވީސްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
Le plus gros aquarium cylindrique du monde explose à Berlin 🇩🇪
— Views (@viewsfrance) December 16, 2022
Situé en plein cœur du Radisson Collection Hotel de la capitale allemande, l’”AquaDom”, plus gros aquarium cylindrique du monde, a explosé dans la nuit de jeudi à vendredi. pic.twitter.com/IwHOYbpDYM
މިހާތަނަށް އައިއިރު މިކަން ހިނގަން މެދުވެރިވި ސަބަބެއް ހޯދިފައެއް ނުވެއެވެ. އަދި މިއީ ބަޔަކު ގަސްތުގައި ކުރި ކަމެއްކަމަށް ބެލެވޭނެ ހެއްކެއްވެސް ފެންނަން ނެތްކަމަށް ކަމާއިބެހޭ ފަރާތްތަކުން ބުނެއެވެ.
މިއީ ޔޫރަޕަށް އެންމެ ފިނި ދުވަސްވަރަށްވުމާއެކު، ބައެއް މީހުން ބުނާގޮތުން މިހާދިސާ ހިނގަން މެދުވެރިވީ މާބޮޑަށް ފިނިގަދަވެ، އެކުއޭރިއަމްގެ ބިއްލޫރިތަކުގައި ރެނދު އަޅައިގެނެވެ.
މި އެކުއޭރިއަމަކީ 2003 ވަނަ އަހަރު ހުޅުވި އެކުއޭރިއަމެކެވެ. ދުނިޔޭގެ އެންމެ ބޮޑު ސިލިންޑެރިކަލް އެކުއޭރިއަމްގެ ގޮތުގައި ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑުން ޖާގަ ހޯދާފައިވާ މި އެކުއޭރިއަމް ބިނާކުރުމަށް 11 މިލިއަން ޑޮލަރު ހަރަދުވިއެވެ.
ކިޔުންތެރިންގެ ހިޔާލު