ހުޅުމާލެ 2 ވަނަ ފިޔަވަހި ހިޔާ ސަރަހައްދަކީ މިވަގުތު އެންމެ ބޮޑު އެއް އަބާދީ އެއް އެއްފަހަރާ އާބާދުވެ ދިރިއުޅެން ފަށާފައިވާ ސަރަހައްދެވެ. އަދި މި ސަރަހައްދުގައި މީހުން ދިރިއުޅެން ފެށުމާއި އެކު އެޗް.ޑީ.ސީން ދަނީ މި ސަރަހައްދުގައި ދިރިއުޅުއްވާ ފަރާތްތަކުގެ ލުއި ފަސޭހައަށް ގިނަ މަސައްކަތްތަކެއް ކޮށްދެމުންނެވެ. މިގޮތުން، ޕްރޮޖެކްޓް ފަރުމާ ކޮށްފައިވާ ގޮތުން ކޮމޭޝަލް ބޭނުން ހިފޭނެ ގިނަ ތަންތަން ނެތުމުން، ކޮންމެ ޓަވަރެއްގެ ވެސް ގްރައުންޑް ފްލޯރ ވިޔަފާރީގެ އެކި ބޭނުންތަކަށް ބަދަލު ކުރެވި މިހާރު ދަނީ ގިނަ ޔުނިޓްތަކުން ޚިދުމަތް ދެމުންނެވެ.
މީގެ އިތުރުން، ރައްޔިތުންނަށް ފަސޭހަ ވާނެ ގޮތްތައް ދެނެގަނެ އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުގެ ހިޔާލާއި އެކު ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަަކަށް ފަސޭހަ ވާނެ ގޮތަށް ރޭމްޕްތައް އެކި ސަރަހައްދުތަކުގައި އަދި ވަކިން ޚާއްސަކޮށް ހިޔާ ސަރަހައްދުގެ ބީޗުގައި ބެހެއްޓުމުގެ މަސައްކަތުގެ ބޮޑު އިންސައްތައެއް ވަނީ ނިންމާލާފައެވެ. އަދި ހަމަ އެއާއެކު ޓަވަރުތަކުގެ މެދުގައި އޮންނަ ހުސް ޖާގަތައް ޕޮކެޓް ޕާކްތަކުގެ ގޮތުގައި ތަރައްޤީ ކުރުމަށް ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ހިޔާލާއި އެކު ދަނީ ކުރެވެމުންނެވެ.
މީގެ އިތުރުންވެސް ހެދިކާ ފަދަ ތަކެތި ފަސޭހައިން ލިބޭނެގޮތް ހެދުމަށް ޤާއިމް ކުރާ ކިއޮސްކްތައް ބެހެއްޓުމުގެ މަސައްކަތް ފަށާ މި ކިއޮސްކްތަކުން ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލާ މިހާރު ވަނީ ގުރު ނެގުމުގެ މަސައްކަތް ވެސް ނިންމާލާފައެވެ.
ހިޔާ ސަރަހައްދުގައި ލިބޭ ޚިދުމަތްތައް ދުވަހުން ދުވަހަށް އިތުރުވަމުން ދާއިރު މި ސަރަހައްދުގައި އާއްމުންނަށް މަޢޫލޫމާތު ދިނުމަށް އެޗް.ޑީ،ސީގެ ސްމާޓްކޮމް ބްރޭންޑުން ވެސް ދަނީ ޑިޖިޓަލް ބޯޑްތަކެއް ޓަވަރުތަކުގެ ތިރީގައި ބެހެއްޓުމުގެ މަސައްކަތް ކުރަމުންނެވެ.
އެޗް.ޑީ،ސީން މަސައްކަތް ކުރަމުން ދަަނީ ސަރުކާރުގެ ވިސްނުމާއި އެއްގޮތްވާގޮތުގެ މަތިން، ރައްޔިތުންނާއި ވީހާވެސް ގާތުން ހުޅުމާލޭ ފޭސް 2 ވަކިން ޚާއްސަކޮށް ހިޔާ ސަރަހައްދަކީ ދިރިއުޅެން ފަސޭހަ ގިނަ ޚިދުމަތްތަކެއް ލިބޭ ސަރަހައްދަކަށް ހެދުމަށެވެ.

ހިޔާ ސަރަހައްދަކީ ދިރިއުޅެން ފަސޭހަ ގިނަ ޙިދުމަތްތަކެއް ލިބޭ ސަރަހައްދަކަށް ހެދުމަށް އެޗްޑީސީއިން ކުރަމުންދާ މަސައްކަތް ކުރިއަށްދާ މިންވަރު ބަލައި، ރައްޔިތުންގެ ހިޔާލު ހޯދުމަށް އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފް ހިޔާ ސަރަހައްދައް ވަޑައިގަންނަވައިފި pic.twitter.com/oPI11Hhl1P
— HDC (@hdcmaldives) December 27, 2022
ހިޔާ ސަރަހައްދުގައި ލިބޭ ޚިދުމަތްތައް ދުވަހުން ދުވަހަށް އިތުރުވަމުން ދާއިރު މި ސަރަހައްދުގައި އާއްމުންނަށް މަޢޫލޫމާތު ދިނުމަށް އެޗް.ޑީ،ސީގެ ސްމާޓްކޮމް ބްރޭންޑުން ވެސް ދަނީ ޑިޖިޓަލް ބޯޑްތަކެއް ޓަވަރުތަކުގެ ތިރީގައި ބެހެއްޓުމުގެ މަސައްކަތް ކުރަމުންނެވެ.
އެޗް.ޑީ،ސީން މަސައްކަތް ކުރަމުން ދަަނީ ސަރުކާރުގެ ވިސްނުމާއި އެއްގޮތްވާގޮތުގެ މަތިން، ރައްޔިތުންނާއި ވީހާވެސް ގާތުން ހުޅުމާލޭ ފޭސް 2 ވަކިން ޚާއްސަކޮށް ހިޔާ ސަރަހައްދަކީ ދިރިއުޅެން ފަސޭހަ ގިނަ ޚިދުމަތްތަކެއް ލިބޭ ސަރަހައްދަކަށް ހެދުމަށެވެ.
ކިޔުންތެރިންގެ ހިޔާލު