ޝަރުމީލާ ކަމަށް ބުނާ އަންހެން މީހާއާއެކު ފިޓް ފާޒިލް
ޝަރުމީލާ ކަމަށް ބުނާ އަންހެން މީހާއާއެކު ފިޓް ފާޒިލް
ޝަރުމީލާ ކޮބައިހެއްޔެވެ؟ ޝަރުމީލާއަކީ ކާކު ހެއްޔެވެ؟ ޝަރުމީލާގެ ހަގީގަތަކީ ކޮބައިހެއްޔެވެ؟ ޝަރުމީލާއަކީ އަސްލު މީހެއް ހެއްޔެވެ؟

މިއީ މިހާރު އެންމެ ގަދަ އަށް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ "ޓޯކް އޮފް ދަ ޓައުން" އެވެ. އެންމެން މިއަދު ބޭނުންވަނީ ޝަރުމީލާއަކީ ކާކުތޯ ބަލާށެވެ؟ އެއީ އަސްލު މީހެއްތޯ ބަލާށެވެ.

މިކަމެއް ފެށުނީ ދިވެހިންގެ ތެރޭގައި ފިޓްނަސް އިންސްޓްރަކްޓަރު ނުވަތަ މީސް މީޑިއާ ސެލެބްރިޓީ ފާޒިލް އިސްމާއިލް (ފިޓް ފާޒިލް)، އިންސްޓަގްރާމްގައި އޭނާ އަށް ފޮލޯ ކުރާ މީހުން އިތުރު ކުރުމަށް ހިންގި ހަރަކާތެއްގެ ތެރެއިނެވެ. ވަކި މުއްދަތެއްގައި އޭނާގެ ފޮލޮވާސް އިތުރު ކުރުމަށް ހިންގި ކެމްޕޭނެއްގެ ތެރެއިން އުފަންވި ޝަރުމީލާ މަޝްހޫރުވީ އެ ކެމްޕޭންގައި ގުރުއަތުން ހޮވިގެން އޭނާއަށް ލިބުނު އަގުބޮޑު އިނާމުތަކެއްގެ ވާހަކައާއި ހަމައިންނަވެ. ޝަރުމީލާގެ ވާހަކަ، ޝަރުމީލާއަކި ކާކުތޯ ބެލުމުގެ ޝައުޤުވެރިކަން ނުވަތަ ޝަރުމީލާއަކީ އަސްލުގައިވެސް ހަމަ ޝަރުމީލާތޯ ބެލުމަށް މީހުން ޝައުޤުވެރިވީ މި އަގުބޮޑެތި އިނާމު ފުނިވަރު ފެނުމުން ކަމަށް ބެލެވެއެވެ.

މިހާރު މީހުން އުފައްދަނީ މައިގަނޑު ދެ ސުވާލެކެވެ. ފިޓް ފާޒިލުގެ ފޮލޮވާސްގެ ތެރެއިން ގުރުއަތުން ހޮވޭ މީހަކަށް އަގުބޮޑެތި އިނާމުތަކެއް ދޭން ހިންގި "ޕްރޮމޯޝަން" ނިމި، އެ އިނާމުތައް ގުރުއަތުން ހޮވުނު މީހާ އަށް ހަވާލު ކޮށްފައިވާ ކަމަށް ބުނެފައި ވާއިރު އެ ކަމުގައި ބޮޑެތި އޮޅުވާލުންތަކެއް އުޅޭ ކަމާއިމެދު އުފައްދާ ސުވާލެވެ. އަނެއް ސުވާލަކީ ޝަރުމީލާ އަކީ ހަމަ އަސްލު ޝަރުމީލާތޯ ކުރާ ސުވާލެވެ.

ފާޒިލް ވަނީ އޭނާގެ އިންސްޓަގްރާމްގެ ސްޓޯރީއަށް އެ ހަދިޔާތައް އޭނާއާ ހަވާލުކުރާ ވީޑިއޯ ވެސް ދޫކޮށްލާފައެވެ. ވީޑިއޯ އިން ހަދިޔާތައް ލިބުނު ކަމަށް ބުނާ ޝަރުމީލާ އިނީ މޫނު ބުރުގާ އަޅައިގެންނެވެ. ޝަރުމީލާ ވީޑިއޯ އިން ފެނުނުއިރު ބުމަ ހަދައިގެންއިން އިރު އޭނާ ނުވެސް ދަންނަ އެވަރުގެ މީހަކާ ބައްދަލު ކުރަން ގޮސް އިން އިރު ލައިގެން އިނީ އިސްތިރިވެސް ކޮށްލާފައިނުވާ ހެދުމެއްކަން ގިނަ ބަޔަކު ފާހަގަކުރެއެވެ. އަދި އެ ވިޑިއޯގައި ދެ މީހުން ވާހަކަ ދައްކާ ކަމަށް ފެނުނަސް އޭގައި އަޑެއް ނެތެވެ.

މީހުންގެ ހިތްތަކުގައި އުފެދުނު ސުވާލުތަކުގެ ޖަވާބުގައި ފާޒިލް ބުނެފައިވަނީ އިނާމުތައް ލިބުނު އަންހެން މީހާގެ ފޮޓޯތައް އޭނާ ހިއްސާ ނުކުރީ އެމީހާގެ ޕްރައިވަސީއަށް އުނިކަމެއް އަތުވެދާނެތީ ކަމަށެވެ. އެކަމަކު ސޯޝަލް މީޑިއާގައި ރެއިން ފެށިގެން ހިނގާދިޔަ ކަންކަމާއެކު ޝަރުމީލާ ވަނީ އާންމުންނަށް ފެނިލަން އެއްބަސްވެފައި ކަމަށް ވެސް ފާޒިލް ބުނެފައިވެއެވެ. އަދި އެންމެން ވެސް ޝަރުމީލާގެ ޕްރައިވަސީއަށް އިހުތިރާމު ކުރުމަށް ފާޒިލް އެދިފައިވެެއެވެ.

އެއަށް ފަހު އެ ފޮޓޯތައް އޭނާ ސޯޝަލް މީޑިއާގައި ހިއްސާކުރިއިރު އެމީހުން އިށީނދެގެން ތިބި ތަނުގައި ޝަރުމީލާއަށް އޭނާ ހަދިޔާކުރި ކަމަށް ބުނާ ސާމާނު ވެސް ހުރިތަް ފެނެއެވެ. ޝަރުމީލާގެ ފުރަތަމަ ފެނިލުން ދައްކާލާފައިވަނީ ގިނަ ބަޔަކު އޭނާއަކީ އަސްލު މީހެއްނަމަ، އާންމުންނަށް ދައްކާލުމަށް އެދެމުންދަނިކޮށެވެ.

ގިނަ ބަޔަކު ބުނަމުން ދިޔައީ ޝަރުމީލާގެ އެކައުންޓަކީ "ފޭކް" އެކައުންޓެއް ކަމަށެވެ. އެ މައްސަލަގަނޑު ހިލިގެން ދިޔައިރު، ފާޒިލް ޝަރުމީލާއަށް ފޮލޯ ކުރި ކަމަށް ގިނަ ބަޔަކު ބުނެއެވެ. އެ މީހުން ބުނެފައިވަނީ މައްސަލަ ގަނޑު ހޫނުވެގެން ދިއުމާއި އެކު ފާޒިލް ޝަރުމީލާ އަށް އަންފޮލޯ ކޮށްލުމަކީ ވެސް ކަމެއް ފޮރުވަން މަސައްކަތް ކުރާ ކަމުގެ ހެއްކެއް ކަމަށެވެ.

ޝަރުމީލާ އަށް ހަދިޔާ ދިން ވީޑިއޯ މިރޭ އާންމުކުރިއިރު ޝަރުމީލާ ފެނުނީ މޫނުބުރުގާ އަޅައިގެން ވަރަށް ދީންވެރި، އަންހެނެއްގެ ގޮތުގައެވެ. މިރޭ އެގޮތަށް މޫނު ބުރުގާގައި ޝަރުމީލާ ފެނުނު ނަމަވެސް މިރެއާއި ހަމައަށް އޭނާގެ އިންސްޓަގްރާމް ޕްރޮފައިލް ފޮޓޯ އިން ފެންނަނީ އެމަންޒަރެެއް ނޫނެވެ. މީގެ ކުރިން ޝަރުމީލާ އިންސްޓަގްރާމްގައި ބޭނުންކުރި ފޮޓޯއިން އޭނާގެ ކަރުދަށް ފެންނަން ހުންނައިރު އެފޮޓޯ މިރޭ ވަނީ ބަދަލުކޮށްފައެވެ.



މޫނުބުރުގާ އަޅައިގެން އިން ދީންވެރި މީހަކު ބުމަ ހަދައިގެން ވިޑިއޯއާއި ފޮޓޯއިން ފެންނާތީ އެކަމާއި ވެސް ބައެއް މީހުން ވަނީ ސުވާލު އުފައްދާފައެވެ. ޝަރުމީލާ އަކީ ކާކުކަން ހޯދަން މަސައްކަތް ކުރި ގިނަ މީހުން ބުނެފައިވަނީ ފާޒިލްގެ ގިވްއަވޭގައި އޮޅުވާލުންތަކެއް އޮތްކަން މިހާރު އިތުރަށް ސާފުވެއްޖެ ކަމަށެވެ. މޫނުބުރުގާ އަޅައިގެން ވީޑިއޯ އިން ފެންނަނީ ކާކުތޯ ހޯދުމުގެ މަސައްކަތްވެސް ބައެއް ފަރާތްތަކުން ވަނީ ފަށާފައެވެ. ވީޑިއޯ ގައި މޫނުބުރުގާ އަޅައިގެން އިންކަމަށް ތުހުމަތުކޮށް ބައެއް މީހުންގެ ފޮޓޯތައް ވެސް މީސް މީޑިއާގައި އަންނަނީ ދައުރު ކުރަމުންނެވެ. ޝަރުމީލާ އަކީ ކާކުތޯ ހޯދުމަށް ކުރެވޭ ބަހުސް ތައް އާންމުކުރި ވީޑިއޯ އާއެކު ވީ އިތުރެވެ. މިކަމުގެ ހަގީގަތެއް އަދި ނޭގެއެވެ. ބައެއް މީހުން މިހާރު ވަނީ ޝަރުމީލާގެ ފޮޓޯ ޕްރޮފެޝަރ އުގައިލާ ހިއްސާކޮށް ފޭސް ރީޑްކޮށްދީ ހަގީގަތް ހޯދައި ދިނުމަށް ވެސް އެދިފައެވެ.

ފާޒިލް އޭނާގެ ފޮލޯވަރުންނަށް ދޭން އިއުލާނުކުރި ހަދިޔާތަކުގެ ތެރޭގައި މެކްބުކް ގޯލްޑް އެއާ އަކާއި، އެއާޕޮޑެއްގެ އިތުރުން 512 ޖީބީގެ އައިފޯން އެކްސް އެސް އަކާއި ވިކްޓޯރިއާ ސީކްރެޓް ގިފްޓް ހެމްޕާ އަކާއި ޖޯޖިއާ އާއި ގޫޗީގެ އިތުރުން ޑިއޯ އާއި އަރުމާނީ ފަދަ އަގުބޮޑު ބްރޭންޑްތަކުގެ ސާމާނު ހިމެނެ އެވެ. އެ ހުރިހާ އެއްޗެއްގެ އަގު ބައި ލައްކަ ރުފިޔާ އަށް ވުރެ ބޮޑު ވާނެ ކަމަށް ބެލެވެއެވެ.

އެކަމަކު މިހާރު ސޯޝަލް މީޑިއާގެ އަހުލުވެރިން ހޯދަން ބޭނުންވަނީ މި ހަދިޔާތަކުގެ އަގެއް ނޫނެވެ. ހަދިޔާ ލިބު ޝަރުމީލާގެ ހަގީގަތް ހޯދުމެވެ. މި އިނާމު ހޯދަން މަސައްކަތް ކުރި ގިނަ ބަޔަކު ބޭނުންވަނީ ފާޒިލު ހަގީގަތުގައި ވެސް އިނާމު ދިނީ ޝަރުމީލާއަށް ތޯ ބެލުމަށެވެ. ނޫނީ މިކަން ވާނީ އާންމުކޮށް ސޯޝަލް މީޑިއާގައި މީހުން ޖައްސާ މަކަރުވެރި "ގޭމް" ތައް ފަދަ ސަޅި ގޭމަކަށެވެ.

އެހެންވެއްޖެއްޔާ މިއޮތީ ޖަލުގައި ތިބޭ "ކުދިން" ބެންކް ކާޑުގެ ނަމްބަރު ހޯދަން އެ ޖައްސާ ކަހަލަ ގޭމަކަށް މި ގޭމްވެސް ވެފައެވެ. ތަފާތުވީ ގޭމް ކުޅެލި ޕްލެޓްފޯމެވެ. އެހެންވިއްޔާ ތިޔަ ހޯދާ ޝަރުމީލާ މިއޮތީ ފެނިފައެވެ. މިއީ ގޭމެއް ވެެއްޖެއްޔާ އެއީ ޚިޔާލީ ޝަރުމީލާއެކެވެ. ފާޒިލްގެ ޚިޔާލީ ޝަރުމީލާއަށް އެއޮތީ ޚިޔާލީ އިނާމުތައް ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު


12

ޝަރޭ

28-Jun-2020

ތިބަޅު ހައްޔަރު ކުރޭ


22

ރޮދި

28-Jun-2020

މިހަބަރަކީވެސް އޮޅުވާލުމެ


8

މޫން 1972

26-Jun-2020

ދުނިޔޭގާވާ އެންމެ ނުރައްކާ ތެރި ބަޔަކީ އިންސާނުން ކަމަށްވާއިރު އަހަރެމެން ނަށް އެކަން ގަބޫލު ނުކުރެވެނީ ކީތްވެގެންބާ !


26

ފަޑަ

26-Jun-2020

ފަޑަބޯން ވޫނު މިކިޔައިގެން އެގެނައެޗެއެއް ހަރާން މިކަހަލަ ކެސް ހަބަރު މިޅާމެން ލިޔަނޫ ފަޑަބޮއި😠😠


32

ޒީނަ

24-Jun-2020

ބޮޑު ޖަރީމާ އެއް އޮޅުވަލުމެއް މިކަމުގަ ފިޔަވަޅު އެޅޭނީ ފާޒިލްގެ ފޮލޯވާސް އިންނަށް އަވަހަށް އަންފޮލޯކުރޭ


28

ޝަމާ

24-Jun-2020

އެއްވެސް މީހަކަށް ހަދިޔަ އެއް ނުދޭ ސީދާ ގޭމެއް ހެޔޮނުވަނެ ތިޔަވަރަށް އޮޅުވަލާކަށް


26

ސަނާ

24-Jun-2020

ވަރަށް ފުރިހަމަ ލިޔުމެއް ފާޒިލް ޖެއްސި ބޮޑު ގޭމެއް


16

ނުރަބޯ

24-Jun-2020

މީހަކު ދަމާހައި ގުއިރޯނެއްގައި ޖެހެން ވޭތަ?



ޓްރެންޑިން