ކައިވެނި ޕާޓީއަށް ދައުވަތު ދިނުމުން ޕާޓީއަށް ހާޒިރުނުވި މީހަކަށް 200 ޑޮލަރުގެ ބިލެއް ފޮނުވައިފިއެވެ.

އެމެރިކާގެ ޗިކާގޯއަށް ނިސްބަތްވާ ދެމަފިރިއަކު މިފަދައިން އަމަލުކޮށްފައިވަނީ އެމީހުންގެ އަގުބޮޑު ކައިވެނި ޕާޓީއަށް އަންނާނަމޭ ބުނެ ޔަގީންކަން ދިނުމަށްފަހު ޕާޓީއަށް ހާޒިރުނުވި މީހަކާ ދެކޮޅަށެވެ. އެގޮތުން ޖުމުލަ 240 ޑޮލަރުގެ އިންވޮއިސްއެއް އޭނާއަށް ފޮނުވިކަމަށްވެއެވެ.

ކައިވެނި ކުރުމަކީ ގަބޫލުކުރަން ދަތި ނަމަވެސް ޚަރަދު ބޮޑު ކަމެކެވެ. ކިތަންމެ ކުޑަގޮތަކަށް ނިންމާލަން މަސައްކަތް ކުރިޔަސް ދައުވަތު ދޭން ޖެހޭ މީހުންގެ ލިސްޓުގައި ހިމެނޭ ނަންތައް އިތުރުވެ، ކައިވެނި ޕާޓީ ބާއްވާނެ ތަންތަނާއި، ކެއުމާއި އެހެނިހެން ޚަރަދުތަކުގެ އަގުބޮޑުވެގެންދެއެވެ. ބައެއް މީހުން ބުނާގޮތުން ޚަރަދު ކުޑަގޮތަކަށް މިކަން ނިންމާލުމަކީ ކައިވެނި ސައި މަތިން ހަނދާން ނައްތާލުމެވެ. ނަމަވެސް، އަލަތު ކައިވެނި ފަދަ ޚާއްޞަ ދުވަހެއް ފާހަގަކޮށްލަން ކޮންމެ މީހަކުވެސް ބޭނުންވާނެއެވެ.

އެގޮތުން އެމެރިކާގެ ޗިކާގޯއަށް ނިސްބަތްވާ ސިމަންސްގެ ދެމަފިރިންވެސް އެމީހުން ހާއްސަ ދުވަހަށް ފޮނި އުއްމީދަކެއްކޮށް ބޮޑެތި ޚަރަދުތަކެއްކޮށް ބޮޑެތި ތައްޔާރީތަކެއް ވިއެވެ. މިދެމަފިރިންގެ ކައިވެނި ޕާޓީ އޮތީ ޖަމައިކާގައެވެ. ޑެސްޓިނޭޝަން ވެޑިންގް އެއްކަމުން، ކުރީބައިގައި ޕާޓީއަށް ދައުވަތު ދެވުނު ފަރާތްތަކުގެ ތެރެއިން ޕާޓީއަށް އަންނާނެ މީހުން ޔަގީންކޮށް، ކުރީބައިގައި ފައިސާ ދައްކާ ހަލާސްކުރިއެވެ.

ނަމަވެސް ކައިވެނި ޕާޓީއަށް އަންނާނަމޭ ބުނެ ޔަގީންކަން ދިނުމަށްފަހު ޕާޓީއަށް ހާޒިރުނުވި ބަޔަކުވެސް ތިއްބެވެ. އެގޮތުން އެއިން ކޮންމެ މީހަކަށް ބޮލަކަށް 120 ޑޮލަރުގެ މަގުން އިންވޮއިސް ފޮނުވި ކަމަށްވެއެވެ.

"އެއްވެސް މީހަކު އަހަރެންގާތަކު ނުބުނޭ، ނާދެވޭނެއެކޭ. އަންނާނެކަމުގެ ޔަގީންކަން ދިނުމަށް ފަހުވެސް ނާދެވޭނެއޭ ބުނެލިނަމަވެސް މިފަދަ ކަމެއް ނުވީސް. ދެން އަހަރުމެންވީ އަންނާނަމޭ ބުނެ ނައި މީހާއަށާއި އޭނާގެ ޕްލަސް ވަން އަށް ފައިސާ ދައްކާ ހަރަދު ބޭކާރު ކުރަން؟"

މިކަމާ ގުޅިގެން މީސްމީޑިއާގައި އެތައް ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާއިރު، ގިނަބަޔަކު ބުނަނީ ފަހު ވަގުތުވެސް ކުއްލިއަކަށް ކަމެއް ޖެހިދާނެކަމަށާއި، އޭރުންވެސް ހަމަ ކުރިން ފައިސާ ދައްކާފައިވާނަމަ އެފައިސާ ބޭކާރުވާނެކަމަށެވެ. ވީމާ އެދެމަފިރިންގެ ކައިވެނި ޕާޓީއަށް ދައުވަތު ދިންފަރާތަކަށް ބިލެއް ފޮނުވުމަކީ ހަމަޖެހޭ އުސޫލެއް ނުންކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން