ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކޫއްޑޫއާއި ވިލިނގިލި ބްރިޖަކުން ގުޅާލުމުގެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްފިއެވެ.
ކޫއްޑޫއާއި ވިލިނގިލި ބްރިޖަކުން ގުޅާލުމުގެ މަސައްކަތް ސަރުކާރުން ކޮށްދެއްވާނެ ކަމާމެދު ޝައްކު ނުކުރަށްވާކަމަށް ވިލިނގިލީ ދާއިރާގެ މެންބަރު ސަޢުދު ޙުސައިންވެސް ވަނީ ވިދާޅުވެފައެވެ.
ހައުސިންގ މިނިސްޓްރީން މިއަދު ބުނީ ގއ.ވިލިނގިލި - ގއ.ކޫއްޑޫ ބްރިޖް މަޝްރޫޢު މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އާ ހަވާލުކޮށްފައިވާ ކަމަށެވެ. 21.4 މިލިއަން ރުފިޔާއަށް މި މަސައްކަތް އެމްޓީސީސީއަށް ހަވާލުކޮށްފައިވަނީ 180 ދުވަހުގެ ތެރޭ ނިންމުމަށް ކަމަށް ހައުސިންގ މިނިސްޓްރީން ވަނީ ބުނެފައެވެ.
މީގެކުރިން ގއ. ނިލަންދޫ ކައުންސިލުން ފާސްކޮށްފައިވާ ގަރާރެއްގައި ވަނީ ގއ އަތޮޅު ދާންދޫ، ނިލަންދޫ، މާމެންދޫ، ވިލިނގިލި އަދި ކޫއްޑޫ ބުރިޖަކުން ގުޅާލުމަށް ސަރުކާރަށް ގޮވާލާފައެވެ.
އަދި އެކަމުގެ ސަބަބުން މިހާރު ރަށްރަށުގައި ގާއިމް ކޮށްފައިވާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ 12000 މީހުންނަށް އެއްގަމު މަގުން ޚިދުމަތްތައް ފަސޭހަކަމާއެކު ލިބުމާއެކު ރައްޔިތުންނަށް އެތައް ގޮތަކުން ޚަރަދު ކުޑަވެގެން ދާނެ ކަމަށް އެ ޤަރާރުގައިވެއެވެ.

ގއ.ވިލިނގިލި - ގއ.ކޫއްޑޫ ބްރިޖް މަޝްރޫޢު މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އާ ހަވާލުކޮށްފި.
— Min.of National Planning, Housing & Infrastructure (@MoNPHImv) January 26, 2023
21،404،736 ރުފިޔާ އަށް މި މަސައްކަތް ހަވާލުކޮށްފައިވަނީ 180 ދުވަހުގެ ތެރޭ ނިންމުމަށް pic.twitter.com/TQxLjjqsKj
މީގެކުރިން ގއ. ނިލަންދޫ ކައުންސިލުން ފާސްކޮށްފައިވާ ގަރާރެއްގައި ވަނީ ގއ އަތޮޅު ދާންދޫ، ނިލަންދޫ، މާމެންދޫ، ވިލިނގިލި އަދި ކޫއްޑޫ ބުރިޖަކުން ގުޅާލުމަށް ސަރުކާރަށް ގޮވާލާފައެވެ.
އަދި އެކަމުގެ ސަބަބުން މިހާރު ރަށްރަށުގައި ގާއިމް ކޮށްފައިވާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ 12000 މީހުންނަށް އެއްގަމު މަގުން ޚިދުމަތްތައް ފަސޭހަކަމާއެކު ލިބުމާއެކު ރައްޔިތުންނަށް އެތައް ގޮތަކުން ޚަރަދު ކުޑަވެގެން ދާނެ ކަމަށް އެ ޤަރާރުގައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު