ޝާހްރުކް ޚާން ލީޑް ރޯލުން ފެނިގެންދާ ހިންދީ ފިލްމު ޕަތާން އާއެކު 32 އަހަރަށް ފަހު ކަޝްމީރުގެ ސިނަމާތައް ހައުސްފުލްވެއްޖެކަމަށް ރިޕޯޓުކޮށްފިއެވެ.

މީގެއިތުރުން މިދިޔަ ބުދަ ދުވަހު ރިލީޒްކުރި ޕަތާން އިން ދަނީ އެތައް ރިކޯޑެއް މުގުރަމުންނެވެ. އެގޮތުން ބޮކްސް އޮފީހުންވެސް އެތައް ކާމިޔާބީއެއް ފިލްމަށް ވަނީ ލިބިފައެވެ.

ފިލްމު ރިލީޒް ކުރުމުގެ ކުރިން އެތައްބައެއްގެ ފާޑުކިޔުން އަމާޒު ވެގެންދިޔަ މިފިލްމުގެ ކާމިޔާބީ ފެނިގެން ދަނީ ފިލްމި ރިލީޒްކުރުމާއެކު ސިނަމާތައް ހައުސްފުލް ވުމުންނެވެ. 32 އަހަރަށްފަހު ކަޝްމީރުގެ ސިނަމާތައް ހައުސްފުލްވެގެން ދިިއުންވެސް މިއީ އޭގެ ހެއްކެކެވެ.

ޕަތާންގެ ބޮކްސް އޮފީސް ކާމީޔާބީއަށް ބަލާލާއިރު ފިލްމު ރިލީޒްކުރިތާ ދެވަނަ ދުވަހު އިންޑިއަން ރުޕީޒް އިން 68 ކަރޯޑް ރުޕީޒް ލިބިފައިވެއެވެ. އަދި އެހެން ބަސްބަހުން ޑަބްކޮށްފައިވާ ފޯމެޓްތަކުން އިންޑިއަން ރުޕީޒް އިން 2.5 ކަރޯޑް ރުޕީޒް ލިބިފައިވެއެވެ. މިއާއެކު މިފިލްމުވެގެންދަނީ އެއްްދުވަސް މަތުން އިންޑިއަން ރުޕީޒް އިން 70 ކަރޯޑް ރުޕީޒް ލިބުނު ފުރަތަމަ ފިލްމަށްކަމަށް ރިކޯޑްތައް ބުނެއެވެ.

ސިދާތު އަނަންދު ޑައިރެކްޓްކޮށްފައިވާ އަދި ޔަޝްރާޖްފިލްމްސް އިން ޕްރޮޑިއުސްކޮށްފައިވާ މި ސްޕައި ތްރިލާގެ ލީޑް ރޯލުން ޝާޚްރުކް ޚާން ގެ އިތުރުން ދީޕިކާ ޕަދޫކޯން އަދި ޖޯން އަބްރަހަމް ފެނިގެންދެ އެވެ. އެމީހުންގެ އިތުރުން ފިލްމުގައި 15 މިނެޓްގެ ސީންއަކުން ސަލްމާން ޚާން ވެސް ފެނިގެންދެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން