ޓޯކިޔޯއިން ދުބާއީއަށް ދަތުރުކުރި އެމިރޭޓްސްގެ ފްލައިޓެއް ޖެނުއަރީ 19 ވަނަ ދުވަހު އިތުރު ފަސިންޖަރަކާއެކު ދުބާއީއަށް ޖައްސައިފިއެވެ.

12 ގަޑިއިރުގެ ދަތުރަކަށްފަހު ދުބާއީއަށް ޖެއްސި އެމިރޭޓްސް ފްލައިޓަށް އިތުރުވި ފަސިންޖަރަކީ މާބަނޑު އަންހެނަކު ދަތުރުމަތީގައި ވިހެއުމުން ބޯޓަށް އިތުރުވި ފަސިންޖަރެއް ކަމަށް އެމިރޭޓްސް އެއާލައިނުން ބުނެފައި ވެއެވެ.

ދުބާއީއަށް ބޯޓު ޖައްސައި ސިއްހީ އޮފިޝަލުން ހަވާލުވަންދެން އަލަށް އުފަން ފަސިންޖަރަށާއި މަންމައަށް އެހީތެރިވެދިނީ ބޯޓުގެ ކެބިން ކްރޫއިން ކަމަށް އެމިރޭޓްސް އެއަރލައިނުން ބުނެފައި ވެއެވެ.

މި ހާދިސާ ހިނގާފައިވަނީ 12 ގަޑިއިރާއި 12 މިނެޓުގެ ރޭގަނޑުގެ ދަތުރެއްގައި އެއާބަސް އޭ-380 މަރުކާގެ އެމިރޭޓްސްގެ ފްލައިޓް އީކޭ 319 ގައެވެ. މި ހާދިސާ ދިމާވި ނަމަވެސް، ފްލައިޓް ދުބާއީއަށް ޖެއްސީ ފްލައިޓް ތާވަލުގައިވާ ގަޑިއަށް ކަމަށް ފްލައިޓްރޭޑާ 24 ޑޮޓްކޮމް އިން މައުލޫމާތު ދީފައިވެ އެވެ.



މިފަދަ ފްލައިޓްތަކުގެ ކެބިން ކްރޫންނަކީ ދަތުރުމަތީގައި ދިމާވެދާނެ މިފަދަ ސިއްހީ މައްސަލަތަކުގައި އެހީތެރިވުމުގެ ފުޅާ ތަމްރީނުތައް ދީފައިވާ ކުރޫންނެވެ. މިފަދަ މައްސަލަތައް ދިމާވުމުން މަތިންދާބޯޓުގެ ޕައިލެޓް އިން ކޮމާންޑަށް ކުއްލި ހާލަތުގައި އެހެން އެއާޕޯޓަކަށް ފްލައިޓްގެ މިސްރާބު ބަދަލު ކުރެވިދާނެ އެވެ. ނަމަވެސް މި ފްލައިޓް ޖެއްސީ އެ ފްލައިޓް ދާން ހަމަޖެހިފައި އޮތް މަންޒިލަށެވެ.

މާބަނޑު ދުވަސްވަރު ދަތުރުކުރުމާ ބެހޭ ގޮތުން އެމިރޭޓްސް އެއާލައިންގެ އުސޫލުތައް ބުނާގޮތުން ބަލިވެ އިނުމުގެ 29 ވަނަ ހަފްތާއާ ހަމައަށް ފަސިންޖަރުންނަށް ފްލައިޓެއް ބުކް ކުރެވޭނީ އެއްވެސް ކޮމްޕްލިކޭޝަނެއް ނުވަތަ މެޑިކަލް ކަންބޮޑުވުމެއް ނެތް ނަމައެވެ. ބަލިވެ އިނުމުގެ 29 ވަނަ ހަފްތާއާއި އޭގެ ފަހުން ބުކް ކުރެވޭނީ ޑޮކްޓަރެއް ނުވަތަ ދަރިމައިވުމާބެހޭ ސިއްހީ އެހީތެރިއެއްގެ ލިއުމެއް ހުށަހަޅައިގެންނެވެ. ބަލިވެއިނދެ 32 ވަނަ ހަފްތާ އާއި އެއަށް ވުރެ ފަހުން ދަތުރު ކުރުމުގެ ހުއްދައެއް ނުދެ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން