ކޮރޯނާ ވައިރަސް ސިފަކޮށްދޭ މަންޒަރެއް
ކޮރޯނާ ވައިރަސް ސިފަކޮށްދޭ މަންޒަރެއް
މެންދުރުގެ އަވިން ކޮރޯނާވައިރަސް ހަލާކުވާކަން ދިރާސާ އަކުން ދައްކައިފިއެވެ.

ސައިންޓިފިކް ދިރާސާތައް ޝާއިއުކުރާ މަޝްހޫރު މަޖައްލާއެއް ކަމަށްވާ ފޮޓޯކެމިސްޓްރީ އެންޑް ފޮޓޯބަޔޮލޮޖީ ގައި ޖޫން މަހު ޝާއިއު ކޮށްފައިވާ ދިރާސާ އެއްގައި ބުނާގޮތުން މެންދުރުގެ އަވީގައި ޖެހޭތާ 11 މިނެޓާއި 34 މިނެޓާ ދެމެދުގެ ވަގުތެއްގެ ތެރޭގައި 90 އިންސައްތަ ނުވަތަ އެއަށް ވުރެ މަތީ މިންވަރަކަށް ކޮރޯނާވައިރަސް ހަލާކުވެގެން ދެއެވެ. އަވީގެ ސަބަބުން ވައިރަސް ހަލާކުވުމަށް މެދުވެރިވަނީ އަވީގައި ހުންނަ އަލްޓްރާވައިލެޓް ދޯދީގެ ސަބަބުން ކަމަށް އެ ދިރާސާގައި ބުނެފައިވެއެވެ.

އަވީގެ ސަބަބުން ކޮރޯނާވައިރަސް ހަލާކުވުމަށް މަގުފަހިވާކަން ދިރާސާއިން ހާމަވެފައިވާއިރު ބަލި ކޮންޓްރޯލް ކުރުމަށް މީހުން ތަންތަނުގައި ބަންދުކޮށްފައި ބޭއްތިއްބުމީ މިކަމުގައި އޮތް އެންމެ ރަނގަޅު ގޮތްތޯ މި ދިރާސާގައި ބައިވެރިވި ސައިންސްވެރިން ވަނީ ސުވާލު އުފައްދާފައެވެ.

މީގެ އިތުރުން ބަންދުވެފައި ހުންނަ ތަންތަނަށް ވުރެ އަވިލިބޭ ހުޅުވިފައިވާ މާހައުލުތަކުގައި ވައިރަހުގެ އަސަރު ކުރުން މާ ބޮޑުތަނުންވެސް ކުޑަވެގެން ދާކަން އެ ދިރާސާގައި ފާހަގަކޮށްފައިވެއެވެ.

ދުނިޔޭގެ އެކި ސަރަހައްދުތަކަށް އަވިދޭ ނިސްބަތަށް ބަލައި، އެކި ސިޓީތަކުގައި އަވިން ކޮރޯނާ ވައިރަސް ހަލާކުވާނެ އަންދާސީ ވަގުތުވެސް މި ދިރާސާގައި ހޯދާފައިވެއެވެ. މިގޮތުން، އެމެރިކާގެ ވޮޝިންގޓަން ޑީސީގައި ހޫނު މޫސުމުގައި އަވީގެ ސަބަބުން ވައިރަސް ހަލާކުވާނީ 21 މިނެޓުން ކަމަށް ބުނެފައިވާއިރު މެދުތެރޭ އެމެރިކާގެ މެކްސިކޯ ސިޓީގައި ވައިރަސް ހަލާކުވަނީ 11 މިނެޓުން ކަމަށް ދިރާސާގައިވެއެވެ. ޔޫރަޕުގެ ގައުމުތަކަށް ބަލާއިރު، ޕެރިހުގައި 28 މިނެޓް، ލަންޑަނުގައި 30 މިނެޓްގެ ތެރޭގައި ވައިރަސް ހަލާކުވާނެ ކަމަށް ދިރާސާގައި ލަފާކޮށްފައިވެއެވެ.

މެދު އިރުމައްޗަށް ބަލާއިރު، އިރާގުގެ ބަޣްދާދުގައި 18 މިނެޓް، އިސްތަންބޫލްގައި 22 މިނެޓްގެ ތެރޭގައި ވައިރަސް ހަލާކުވާނެ ކަމަށް އަންދާޒާކޮށްފައިވެއެވެ. މީގެ އިތުރުން، އޭޝިއާ ސަރަހައްދަށް ބަލާއިރު، އިންޑިއާގެ މުމްބާއީގައި 11 މިނެޓް، ޓޯކިޔޯގައި 20 މިނެޓް އަދި ޗައިނާގެ ޝަންހާއީގައި 16 މިނެޓްގެ ތެރޭގައި އަވިން ވައިރަސް ހަލާކުވާނެ ކަމަށް އެ ދިރާސާގައި ވަނީ ފާހަގަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


20

ތިމަންނަ

27-Jun-2020

ތިޔަ ބަލީގެ އަސަރު ހުރި މީހުން 3 ފޫޓުން 3 ފޫޓުން ކުނާ އަޅާފަ ފިރިހެނުން ހުސްގަޔާ އަވީގައި 2 ގަޑިއިރު ގަދަ އަވީގައި (ގަޑިއަކު ފުށަކަން) ޖަހާފަ ބެހެއްޓުމުން ބަލިން ރައްކާތެރި ވެވުނީ އަންހެނުންގެ ދިރާސާ އަދި ދަނީ ކުރިއަށް.....



ޓްރެންޑިން