ލ. މުންޑޫ، ނޫވިލު އަލީ ޒިޔަދަމްގެ ޤާތިލަށް މަރުގެ އަދަބު ދިނުމަށް، އޭނާގެ ހުރިހާ ވާރިސުން މިއަދު ޝަރީއަތުގެ އަޑުއެހުމުގައި އެދިއްޖެ އެވެ.
އުމުރުން 29 އަހަރުގެ ޒިޔަދަމް މަރާލާފައިވަނީ، 2015 ވަނަ އަހަރުގެ މާޗް މަހުގެ 20 ވަނަ ދުވަހުގެ ރޭ 10:30 އެހާކަންހާއިރު ވަޅިއަކުން އޭނާއަށް ދިން ހަމަލާގެ ސަބަބުންނެވެ. އޭނާ މަރާލިކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައި ވަނީ ލ. މުންޑޫ ހީނާވިލާ މުހައްމަދު ޝަނޫން 24 އާއި ހަމައެރަށު ބީޗުވިލާ އަލީ ސިފާމް 29 ގެ މައްޗަށެވެ. އެމީހުންގެ މައްޗަށް ކުށްސާބިތުވާކަމަށް ކޯޓުން ކަނޑައެޅީ، މައްސަލަ ކޯޓުގައި ކުރިއަށްދާތާ 7 އަހަރަށްފަހުއެވެ.
މި މައްސަލާގައި ޤަސްދުމަރު ސާބިތުވެފައިވަނީ ހަމައެކަނި ޝަނޫންގެ މައްޗަށެވެ. ސިފާމްގެ މައްޗަށް ސާބިތުވެފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށްދިޔަ އަޑުއެހުމުގައި ޒިޔަދަމްގެ ވާރިސުންގެ ތެރެއިން ދުނިޔޭގައި މި ވަގުތު ތިބި ނުވަ ވާރިސުން ވެސް އެދިފައިވަނީ ޤާތިލުގެ ކިބައިން މަރަށް މަރު ހިފުމަށެވެ. ޒިޔަދަމްގެ މަންމަ މަރިޔަމް މޫސާ ދުނިޔޭގައި ހުރިއިރު ފުލުހުންނަށް ދީފައިވާ ބަޔާނުގައި ބުނެފައިވަނީ އޭނާވެސް މިމައްސަލާގައި އެދެނީ މަރަށް މަރު ހިފަން ކަމަށެވެ. ޒިޔަދަމް މަރާލިއިރު އޭނާގެ މަންމަ ދުނިޔޭގައި ހުރި ނަމަވެސް މިހާރު ވަނީ ނިޔާވެފައެވެ.
މައްސަލަ ބައްލަވާ ޤާޟީ އިސްމާއީލް ޝަފީއު ވިދާޅުވީ މި މައްސަލާގައި އަދަބާ ގުޅޭގޮތުން ވާހަކަ ދެއްކުމަށާއި، އަދި މިކުށުގެ އުޤޫބާތް ކަނޑައެޅުމަށްޓަކައި އަޑުއެހުން ބާއްވާނީ އަންނަ ހަފުތާގެ އާދީއްތަ ދުވަހުގެ ހެނދުނު 10:30 ގައި ކަމަށެވެ.
މި މައްސަލާގައި ދަޢުވާ އުފުލާފައިވާ މީހުންނަށް ކުށް ސާބިތުވާކަމަށް ކަނޑައެޅި އަޑުއެހުމުގައި ކްރިމިނަލް ކޯޓުގެ ޤާޟީ އިސްމާއިލް ޝަފީއު ވިދާޅުވީ، މި ޙާދިސާ ހިނގިރޭ އެމީހުން އެއްކޮށް ތިބީ ބަނގުރާ ބޯން ކަމަށާއި، ހަމަނުޖެހުން އުފެދެން މެދުވެރިވީ ޒިޔަދަމް، ސިފާމްގެ ކޮއްކޮއާ ބެހޭގޮތުން ދެއްކި ވާހަކައަކާއި ގުޅިގެން ކަމަށެވެ. އެޒުވާބުގެ ތެރޭގައި ޒިޔަދަމްއާއި ސިފާމްއާ ދެމެދު މާރާމާރީ ހިނގަން ފެށުމުން، ޝަނޫންވެސް އައިސް ހަމަނުޖެހުން ހިންގައި، ތިލައިގައި 8 އިންޗި ހުންނަ ވަޅިއެއް ޒިޔަދަމްގެ ބުރަކައްޓާއި ފަޔަށް ހަރާފައިވާކަން ޤާޟީ ފާހަގަކޮށްފައިވެއެވެ.
ޒިޔަދަމްގެ މަރާ ގުޅިގެން ބޭއްވި ފުރަތަމަ އަޑު އެހުމުގައި ދައުލަތުގެ ފަރާތުން ދައުވާ އިއްވަމުން ބުނެފައި ވަނީ 2015 މާޗް މަހުގެ 20 ވަނަ ދުވަހުގެ ރޭ 10:30 އެހާކަންހާއިރު މުންޑޫ ވަގުތީ ހިޔާގޭ ކައިރިން ޒިޔަދަމް ހިނގާފައިދަނިކޮށް، ޝަނޫނާއި ސިފާމް އޭނާގެ ފަލަމަސްގަނޑަށް 8 އިންޗި ހުންނަވަރުގެ ވަޅިއެއް ހަރާލާފައިވާ ކަމަށެވެ. އަދި އެހަމަލާއިން ސަލާމަތްވުމަށް ޒިޔަދަމް ދުވެފައި ދަނިކޮށް އެދެމީހުން އޭނާގެ ފަހަތުން ގޮސް އަނެއްކާ ވެސް ވަޅިން ހަމަލާދީ އޭނާ މަރާލާފައިވާ ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.
ޒިޔަދަމްގެ މަރާގުޅިގެން ޝަނޫނާއި ސިފާމްގެ މައްޗަށް އުފުލާފައި ވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާ އެވެ. މަރުގެ ދައުވާގެ އިތުރުން އެ ދެ މީހުންގެ ތެރެއިން ޝަނޫންގެ މައްޗަށް އިތުރު ދެ ދައުވާއެއް ވަނީ އުފުލާފަ އެވެ. އެއީ ބިރުދެއްކުމުގެ ދައުވާ އާއި މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ އެވެ.
ބިރުދެއްކުމުގެ ދައުވާ އޭނާގެ މައްޗަށް އުފުލާފައި ވަނީ ހަމަ އެރޭ މުންޑޫ ހެލްތް ޕޯސްޓް ކައިރިން އެރަށު މުހައްމަދު ނިޒާރަށް ބިރުދައްކާފައިވާތީ އެވެ. އަދި މާރާމާރީ ހިންގުމުގެ ދައުވާ ޝަނޫންގެ މައްޗަށް އުފުލާފައި ވަނީ މަރުވެފައިވާ ޒިޔަދަމްގެ ހަށިގަނޑު ހެލްތް ޕޯސްޓަށް ގެންދިޔުމަށް އެރަށު އަބްދުﷲ ޝިފާއު އޭނާގެ ހަށިގަނޑުގައި ހިފަހައްޓައިގެން ހުއްޓައި އޭނާ އަށް ހަމަލާދީފައިވާތީ އެވެ.

ކިޔުންތެރިންގެ ހިޔާލު