ވ. އަތޮޅު ވައްޓަރު ކައިރިން ފެނުނު ހަށިގަނޑަކީ ތެޔޮ ބޯޓަކުން ގެއްލިގެން ހޯދަމުންދިޔަ ލިޓަންގެ ހަށިގަނޑު ނޫންކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ, ވ. އަތޮޅުން ފެނުނު ހަށިގަނޑަކީ ލިޓަންގެ ހަށިގަނޑު ނޫންކަން މިހާރު ކަށަވަރު ވެފައިވާ ކަމަށެވެ. އަދި އެ ހަށިގަނޑަކީ އޮޔާއެކު ރާއްޖެ އައިސްފައިވާ ހަށިގަނޑެއްތޯ ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މީގެކުރިން ވިދާޅުވީ، ވ. އަތޮޅުން ފެނުނު ހަށިގަނޑުން ފުލުހުންގެ ތަޙުޤީޤަށް ބޭނުންވާ ސާމްޕަލް ނެގުމަށްފަހު މިހާރު ވަޅުލާފައިވާ ކަމަށެވެ. ވ. ވައްޓަރު ފަޅުގެ ހުޅަނގު އުތުރު ކަނޑުން އިންސާނެއްގެ ހަށިގަނޑެއް ފެނިފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 2 ވަނަ ދުވަހުއެވެ.
ޖެނުއަރީ މަހުގެ 5 ވަނަ ދުވަހު ފުލުހުން ބުނީ ކަނޑުމަތިން ފެނުނު ހަށިގަނޑާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންތައްތައް ބަލަމުން ގެންދާ ކަމަށެވެ. އެގޮތުން ހަށިގަނޑުގެ ޑީއެންއޭ އެނަލިސިސް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އެކަމަކީ ވަގުތު ނަގާނެ ކަމެއްކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކަނޑުމަތިން އިންސާނެއްގެ ހަށިގަނޑު ފެނިފައިވާއިރު ތެޔޮބޯޓެއްގައި މަސައްކަތްކުރި ބަންގަލަދޭޝަށް ނިސްބަވްތާ މުހައްމަދު ލިޓަން ގެއްލިފައިވާތީ އޭނާ ހޯދުމަށްވެސް ފުލުހުން މީގެ ކުރިންވަނީ އިޢުލާނުކޮށްފައެވެ. އަދި ލިޓަން އާއެކު ތެޔޮ ބޯޓުގައި މަސައްކަތްކުރި ގދ. ތިނަދޫ މަނާރު، ޢުމުރުން 45 އަހަރުގެ މުޙައްމަދު ނިޡާމްގެ މައްޗަށް މަރުގެ މައްސަލައެއްގައި ތުހުމަތުކޮށް ފުލުހުން މިހާރުވަނީ ނިޘާމް ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު