މަޝްހޫރު ކޮފީ ޗެއިން، ސްޓަރބަކްސްއިން އޮލިވް އޮއިލް ކޮފީ ތައާރަފްކޮށްފިއެވެ.
ސްޓަރބަކްސްއިން ބުނާގޮތުން މި ހަފްތާއިން ފެށިގެން އިޓަލީގައި ހުންނަ ސްޓަރބަކްސްގެ ކެފޭތަކުން އޮލިވް އޮއިލް ނުވަތަ ޒައިތޫނު ތެލުގެ ކޮފީ ލިބެން ހުންނާނެއެވެ.
އޮލިވް އޮއިލް އަޅައިގެން ތައްޔާރުކުރާ 3 ވައްތަރެއްގެ ކޮފީ ސްޓަރބަކްސްއިން ވަނީ ތަޢާރަފްކޮށްފައެވެ. އެއީ އޯޓް މިލްކާއި އޮލިވް އޮއިލް އަޅައިގެން ތައްޔާރުކުރާ އޮލިއާޓޯ ލާޓޭއާއި އޯޓް މިލްކާއި އޮލިވް އޮއިލް އަދި ހޭޒަލް ނަޓް ރަހަ ހިމެނޭ އޮލިއާޓޯ ޝޭކަން އެސްޕްރެސޯ އާއި ސްޓަރބަކްސް ސްވީޓް މިލްކް އާއި އޮލިވް އޮއިލް އަޅައިގެން ތައްޔާރުކުރާ އޮލިއާޓޯ ގޯލްޑަން ފޯމް ބްރޫއެވެ.
ސްޓަރބަކްސްއިން މި ކޮފީތައް ތައްޔާރުކުރަނީ ހަމައެކަނި އޮލިވް އޮއިލްގެ ރަހަލާ ވަރަކަށް ނޫނެވެ. ސްޓަރބަކްސްއިން އިން ބުނާގޮތުން މީގެން ކޮންމެ ކޮފީއަކަށް ސަމްސަލެއްހާ އޮލިވް އޮއިލް އަޅާނެއެވެ. އެއީ ގާތްގަނޑަކަށް 120 ކެލޮރީއެވެ.
އިޓަލީގައި ފުރަތަމަ ތައާރަފްކުރިނަމަވެސް މިއަހަރު ތެރޭގައި އެމެރިކާ، ޔޫކޭ، މެދުއިރުމަތި އަދި ޖަޕާނުގައި މި ކޮފީތައް ތައާރަފްކުރާނެއެވެ.
ސްޓަރބަކްސްއިން ގަބޫލުކުރާ ގޮތުގައި އޮލިވް އޮއިލް އަޅައިގެން ތައްޔާރުކުރާ މި ކޮފީ ގިނަ ބަޔަކު އަޖުމަ ބަލާނެއެވެ. އަދި އޮލިވް އޮއިލްގެ ސިއްހީ ފައިދާތައް ގިނަ ބަޔަކަށް އެނގުމަކީވެސް ގިނަ ބަޔަކު މި ކޮފީ ބޯން ބޭނުންވާނެ ސަބަބެއްކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު