ގއ. މާމެންދޫ ޖަވާހިރުމާގޭ އަޒްލީނާ ނަފީސްގެ ޤާތިލު ހދ. ކުޅުދުއްފުށީ އަބްދުﷲ ޒުހައިރު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ޒުހައިރު މިހާރު ދިރިއުޅެމުން ދާ ކ. ދިއްފުށީގައި އޭނާ މަރުވެފައި އޮއްވާ ފެނުނީ މިއަދު 11:30 ހާއިރު ކަމަށެވެ. އަތިރިމަތީގައި ހުރި ޖޯއްޔެއްގައި ޒުހައިރު މަރުވެފައި އޮއްވާ ފެނުނު އިރު އޭނާގެ ހަށިގަނޑުގެ ބޭރު ފުށުން އެއްވެސް ޒަހަމެއް ފެންނާކަށް ނެތެވެ.

ފުލުހުން ބުނީ ދިއްފުށީ އުތުރުފަރާތު އަތިރިމަތީ ހުރި ޖޯއްޔެއްގައި، ޚަބަރު ހުސްވެފައި އޮތް މީހަކު އޮތުމުން އެމީހާ ހެލްތު ސެންޓަރަށް ގެންދިޔަ ކަމުގެ ރިޕޯޓް ލިބުނީ މިއަދު 12:20 ގައި ކަމަށެވެ. އެރަށު ހެލްތު ސެންޓަރަށް ގެންދިޔައިރު ވެސް އެ މީހާ އޮތީ މަރުވެފައި ކަމަށާއި އެއީ އުމުރުން 48 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

ފުލުހުން ބުނީ ޒުހައިރުގެ މަރާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފުލުހުންގެ ޓީމެއް ދިއްފުށީގައި ޙަރަކާތްތެރިވަމުންދާ ކަމަށެވެ.

އަޒްލީނާ މަރާލާފައިވަނީ މީގެ 22 އަހަރު ކުރިން 2001 ވަނަ އަހަރުގެ އޭޕްރީލް 05 ވަނަ ދުވަހު މާލޭ ވިޔަފާރިވެރިންގެ ޖަމިއްޔާގެ އޮފީހުގެ ފާޚާނާ ތެރޭގައެވެ. އެމައްސަލާގައި ޒުހައިރުގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް ޕެރޯލްގެ ދަށުން 2013 ވަނަ އަހަރުގެ އޮކްޓޯބަރ މަހު އޭނާ ވަނީ މިނިވަން ވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން