ޓޮމް ކްރޫޒް އާއި ކޭޓީ ހޯމްސް
ޓޮމް ކްރޫޒް އާއި ކޭޓީ ހޯމްސް
ބައެއް މީހުންނަކީ، އެމީހުން އެންމެ ސަޕޯޓުކުރާ ކުޅުންތެރިން، ފަންނާނުން އަދިވެސް އެހެން މަޝްހޫރު ހުނަރުވެރިންނާއި ބައްދަލުކުރަން ބޭނުންވާ މީހުންނެވެ. އަދި މިފަދަ ފުރުސަތެއް ލިބުމަކީ ވަރަށް ބޮޑު ނަސީބެއްކަމަށްވެސް އެމީހުން ދެކެއެވެ. އެގޮތުން މިލިއުމުގައި މިވަނީ އެފަދަ މަޝްހޫރު މީހުން އެމީހުންގެ ފޭނުންނާއި ކައިވެނިކުރި 10 ފަންނާނުންގެ ވާހަކައެވެ.

1. ޓޮމް ކްރޫޒް އާއި ކޭޓީ ހޯމްސް:

ކައިވެނިކުރުމުގެ ކުރީގައި ޓޮމް ކްރޫޒްގެ ޕޯސްޓަރެއް އޭނާގެ ކޮޓަރީގެ ފާރުގައި ބަހައްޓައިގެން އުޅޭކަމަށްވވެއެވެ. ޓޮމްއާއި ކައިވެނި ކުރުމުގެ ހުވަފެން ހަޤީގަތަށްވީ 2005 ގައި ދެމީހުން ރައްޓެހިވި ހިސާބުންނެވެ. ރައްޓެހިވެގެން މާގިނަ ދުވަހު ނޫޅެ މިދެމީހުން ވަނީ ކައިވެނިކޮށްފައެވެ. އެހެންނަމަވެސް، ކައިވެންޏަށް 6 އަހަރު ފަހުން އަދި ދަރިފުޅު ސޫރީވެސް ލިބުނުފަހުން މިކައިވެނި ވަނީ ރޫޅިފައެވެ.

2. ޕެޓްރިކްއާއި ޖުލިއަން ޑެމްސީ:

ޕެޓްރިކްއާއި، ސެލެބްރިޓީ ހެއަރ ސްޓައިލިސްޓް ޖުލިއަން ޑެމްސީ ދިމާވީ އޭނާއަށް ހެއައ ސްޓައިލިންގ ކޮށްދިނުމުގެ ތެރެއިންނެވެ. ރައްޓެހިވެގެން 3 އަހަރު އުޅުމަށްފަހު ކައިވެނިކޮށްފައިވަނީ 1999 ގައެވެ. އަދި މިދެމަފިރިން މިހާރުވެސް އުޅެނީ ވަރަށް ލޯބިން އެކީގައެވެ.

3. މަރިއާ ކެރީއާއި ނިކް ކޭނަން:

މަރިއާ ކެރީއަކީ ނިކް ކުޑައިރުގެ ސެލެބްރިޓީ ކްރަޝްއެވެ. 2008 ގައި މިދެމީހުންވަނީ ކައިވެނިކޮށްފައެވެ. ނަމަވެސް 2016 ގައި ދެމީހުންވަނީ ވަކިވެފައެވެ.

4. އޭން ހެތަވޭއާއި އެޑަމް ޝުލްމަން:

އެޑަމް އަކީ ފިލްމް ޕްރޮޑިއުސަރެކެވެ. އަދި ވަރަށް ކުރީސުރެ އޭނާއަށް އޭން ކަމުދެއެވެ. އެދެމީހުން ދިމާވީ ގާތް އެކުވެރިންގެ ފަރާތުން ދެމީހުން ތަޢާރަފްކޮށްދީގެންނެވެ. 2012 ގައި ކައިވެނިކޮށް ދެމީހުންވެސް އުޅެމުންދަނީ ވަރަށް އުފަލުގައެވެ.

5. ބިލީ ޖޯއާއި އޭޑްރިއަން އާރމްސްޓްރޯންގ:

ބިލީ އާއި އޭނާގެ މިހާރުގެ އަނބިމީހާ އެޑްރިއަން ދިމާވީ 1990ގައި މިނެސޯޑާގައި އޮތް މިއުޒިކް ޝޯއެއްގެ ބެކްސްޓޭޖުންނެވެ. އެދެމީހުން ކައިވެނިކޮށްފައިވަނީ 1994 ގައެވެ.

6. ވިޒް ޚަލީފާއާއި އެމްބަރ ރޯޒް:

މިދެމީހުން ބައްދަލުވިއިރު ދެމީހުންނަކީވެސް އެމީހުންގެ އަމިއްލަ ދާއިރާގައި ކާމިޔާބު ދެމީހުންނެވެ. އެދެމީހުން 2013 ގައި ކައިވެނިކޮށްފައިވީނަމަވެސް އެކައިވެނި ވަނީ 2016 ގައި ރޫޅިފައެވެ.

7. ގޯނެތު ޕެލްޓްރޯއާއި ކްރިސް މާރޓިން

8. ގޯނެތުއާއި ކްރިސް ދިމާވީ ދެމީހުން ދިޔަ ކޯލްޑް ޕްލޭ ކޮންސެޓަކުންނެވެ. އެދެމީހުން ކައިވެނިކޮށްފައިވަނީ 2003 ގައެވެ. ނަމަވެސް 2016 ގައި މިކައިވެނިވެސް ވަނީ ރޫޅިފައެވެ.

9. ޖަސްޓިން ބީބާއާއި ހެއިލީ ބީބާ

2018 ގައި ކައިވެނި ކުރުމުގެ ކުރިން ހެއިލީ ބީބާއަކީ ޖަސްޓިންގގެ ބޮޑު ފޭންއެކެވެ. ޓްވިޓާރގައި އަބަދުހެން ޖަސްޓިންގެ ޕޯސްޓްތައް ޝެއަރކޮށް، ޖަސްޓިންގގެ މޫނުދެކިލުމަށްޓަކައި ދިގު ކިއުގައި ޖެހިގެން އެތައް އިރެއް އިންތިޒާރުކުރި ފޭންއެކެވެ. މިދެމީހުންގެ ލޯބީގެ ވާހަކައަކީ މިޤަރުނުގެ އެންމެ މަޝްހޫރުވި އެއްވާހަކަވެސް މެއެވެ.

10. ފާރގީއާއި ޖޯޝް ޑަމެލް:

ޓީވީ ސީރީޒްގެ ސެޓަކުން ދިމާވި މިދެމީހުން ކައިވެނި ކުރީ 2009 ގައެވެ. ނަމަވެސް އެކުގައި ނޫޅެވިގެން 2019ގައި މިކައިވެނިވެސް ވަނީ ރޫޅިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން