ޝަހީދުންގެ ދުވަސް ހަނދާންކޮށްދެނީ ޤައުމުގެ ހަމަޖެހުމާއި، ސުލްހައަކީ ހަމައެކަނި ވެރިކަމުގެފަރާތުން ކުރާމަސައްކަތުން ހާޞިލް ކުރެވޭނެ ކަމެއް ނޫންކަން ކަމުގައި ދާޚިލީ ވަޒީރު އައްޝެއިޚް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ. އިމްރާން މިގޮތަށް ވިދާޅުވެފައި ވަނީ ޝަހީދުންގެ ދުވަހާ ގުޅިގެން މިއަދު ދެއްވި ޚާއްޞަ ޚިޠާބް ގައެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ، ދިވެހިންނަކީ ކިތަންމެ ބައިމަދު ބައެއް ކަމުގައިވީނަމަވެސް ގައުމުގެ މިނިވަންކަމާއި އަމިއްލަ ވެރިކަމާއި ރާއްޖޭގައި އޮތް ހަމަޖެހުމާއި ސުލްހަ މަސަލަސްކަމާއި އެކުވެރިކަމާއި އެއްބައެއްވަންތަކަމާއި އިސްލާމް ދީނުގެ މަތިވެރި ރިސާލަތުގެ މުހިންމުކަމަކީ ޝަހީދުންގެ ދުވަސް ދަސްކޮށްދޭ އެންމެ އަގުހުރި ފިލާވަޅުކަމަށެވެ.

ވަޒީރު އިތުރަށް ވިދާޅުވީ ޝަހީދު ޢަލި ރަސްގެފާނުގެ ޖިހާދުން އުނގަންނައިދޭ ފިލާވަޅަކީ ކިތަންމެ ބައިމަދުނަމަވެސް އަދި ތިމާ އެކަނި ހުންނަންޖެހުނު ކަމުގައިވިޔަސް ހައްގުގޮތުގައި ސާބިތުވެހުރެ ތިމާގެ ވަތަނަށް ހިދުމަތްކުރުންމަތީ ދެމިހުންނަންޖެހޭނެކަން ކަމަށެވެ. އަދި ކޯވިޑް-19 ގެ ސަބަބުން ކުރިމަތިވެފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ގައުމީ ޖިހާދުގައި އިސްސަފުގައި ތިބި ފަރާތްތަކުން ވަމުން އަންނަ ގުރުބާނީ އަށް ޝުކުރުހައްގު ކަމުގައި އިމްރާނު ވިދާޅުވެފައިވެއެވެ. އަދި މި ދަނޑިވަޅުގައި ކޮންމެ މީހަކުވެސް ގައުމީ ވާޖިބު އަދާކޮށް ފަރުދީ ޒިންމާ ފުރިހަމަކުރަންޖެހޭކަމަށްވެސް ޢިމްރާން ވިދާޅުވިއެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ޝަހީދުންގެ ދުވަސް ފާހަގަކުރީ 1 ޝަޢުބާން 1400 ގައެވެ. ކޯވިޑް-19 ގެ ސަބަބުން މިއަހަރުގެ ޝަހީދުންގެ ދުވަހުގެ ރަސްމީ ޖަލްސާ ނުބާއްވަން ދާޚިލީ ވުޒާރާއިން ވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން