ހިނިތުންވުމުން މޫނުމަތި އަލިކޮށްދީ ތާޒަާކަން ގެނުވައިދޭ
ހިނިތުންވުމުން މޫނުމަތި އަލިކޮށްދީ ތާޒަާކަން ގެނުވައިދޭ
ހުރިހާ އެންމެނަކީވެސް އުމުރުން ދުވަސްވާހެން މުސްކުޅިވާނެ މީހުންނެވެ. ނަމަވެސް ބައެއް މީހުންގެ މޫނާއި ހަށިގަނޑަށް ބެލުމުން އެމީހުންގެ އަސްލު އުމަރަށްވުރެ 10 އަހަރު ނޫނީ 15 އަހަރު ހަނގުކަމަށް ދައްކައެވެ. އަނެއްބައި މީހުން ފެންނަފެނުމުގުގައި ދައްކަނީ އައާއި މުޅިން އިދިކޮޅަށެވެ. ތެދެކެވެ. އެމީހުން ފެންނަ ފެނުމަށް ދައްކަނީ 10އަހަރު ނުވަތަ 15 އަހަރު އުމުރުން ދޮށިކޮށެވެ. މުސްކުޅިކޮށެވެ.

މީހާގެ އަސްލު އުމުރަށްވުރެ މުސްކުޅިކަމަށް ދައްކަނީ އެމީހުންގެ ދިރިއުޅުމުގެ އާދަކާދަ ހުންނަގޮތުން ކަމަށް ކަމުގެ މާހިިރުން ވިދާޅުވެއެވެ. އެގޮތުން އުމުރަށްވުރެ މުސްކުޅިކަމަށް ދެއްކުމަށް މެދުވެރިވާ ސަބަބުތަކަށް ބަލާލާނަމެވެ.

* އުމުރަށްވުރެ މުސްކުޅިކަމަށް ދެއްކުމަށް މެދުވެރިވާ ސަބަބުތައް:

1. ނިދި ހަމަނުކުރުން:

ނިންޖަކީ މީހާގެ ހަށިގަނޑުގެ ސެލްތައް ރިޕެއަރކޮށް ރިޖަނަރޭޓް ކުރުމަށް މުހިންމު ކަމެކެވެ. މަދު ވަގުތުކޮޅެއްގެ ނިދިން އަނެއް ދުވަހުގެ މަސައްކަތްތައް ނިންމާލާހައި ވަރުބަލިކަން ފިލުވާލެވުނަސް ހަށިގަނޑަށް ބޭނުންވާ އެންމެ ފުރިހަމައަށް ސެލްތައް ރިޕެއަރ ނުކުރެވެއެވެ. އެހެންކަމުން ހަށިގަނޑަށް އެކަށީގެންވާ މިންވަރަށް ނިދި ހަމަކުރުމަކީ ވަރަށް މުހިއްމުކަމެކެވެ.

2. ރަނގަޅު ކާނާ އިޚްތިޔާރު ނުކުރުން:

ދަޅެއް ނުވަތަ ފުޅިއެއް ބޯލައިގެން ބިސްކޯދެއް ކާލައިގެން މުޅިދުވަހުގެ މަސައްކަތާއި ކުރިމަތިލާ މީހުން ވަރަށް ގިނައެވެ. ނަމަވެސް މިގޮތަށް ކަންތައް ކުރުމުން ހަށިގަނޑަށް ބޭނުންވާ ހުރިހާ މާއްދާތަކެއް ނުލިބެއެވެ. އަދި ހަންގަނޑާއި ކަށިތައް ރަނގަޅު ޞިއްހަތުގައި ބެހެއްޓުމަށް ބޭނުންވާ އެތައް މާއްދާއެއް ހަށިގަނޑަށް ނުލިބެއެވެ. އެހެންކަމުން ކެއުމުގައި ހަށިގަނޑަށް ފައިދާހުރި ކާނާ އިޚްތިޔާރުކުރުން ވަރަށް މުހިއްމެވެ.

3. ހަރަކާތްތެރިކަން ކުޑަވުން:

ހަރަކާތްތެރިކަން ކުޑަވުމުން ފަލަވުމާއި ހިތުގެ މައްސަލަ އަދި ހަކުރުބަލި ފަދަ ބަލިތަކާއި ކުރިމަތިލާން ޖެހެއެވެ. ޒުވާންކަންމަތީ ވަރުހުރި ރަނގަޅު ހަށިގަނޑެއް ދެމެހެއްޓޭނީ ހެލިފެލިވެ އުޅުމާއި ކަސްރަތުގެ ކޮންމެވެސް ކަމެއް ދިރިއުޅުމުގެ ބައެއްކަމުގައި ހަދައިގެންނެވެ.

4. ފިކުރުބޮޑުވުން:

އަހަރުމެންގެ ހަށިގަނޑު އުފައްދަވާފައިވަނީ ހިތްނުތަނަވަސްވެ، ހާސްވެ ކަންބޮޑުވާ ހާލަތުގައިވެސް މަސައްކަތްކުރެވޭ ގޮތަށެވެ. ނުވަތަ ސްޓްރެސްއާއިއެކު ދިރިއުޅެވޭ ގޮތަށެވެ. އެހެންނަމަވެސް، މާބޮޑަށް ހާސްވެ ކަންބޮޑުވާނަމަ ހަށިގަނޑުގެ ހޯމޯންތައް 'އިމްބެލެންސްވެ' ގިނަ ބަލިތަކެއް ޖެހުމަށް މެދުވެރިވެއެވެ. އެހެންކަމުން ސްޓްރެސް ކުޑަކުރުމަށްޓަކައި ކުރެވިދާނެ ކަންކަން ހޯދައި އެގޮތަށް އަމަލުކުރެވިދާނެއެވެ.

5. މާގިނައިން ކެފެއިން ބޭނުންކުރުން:

ސައި އަދި ކޮފީއަކީ މަދުން ބޭނުން ކުރުމުން ހަށިގަނޑަށް ފައިދާތަކެއް ލިއްބިލައިދޭ އެއްޗެކެވެ. އެހެންނަމަވެސް، މާގިނައިން ކެފެއިން ބޭނުންކުރުމުން ހަށިގަނޑު އަވަހަށް މުސްކުޅިކޮށްލައެވެ. މާގިނައިން ކެފެއިން ބޭނުންކުރާނަމަ، ލޭހޮޅިތައް ހިމަވާގޮތް ދިމާވެއެވެ. މިހެންވުމުން ހަންގަނޑަށް ބޭނުންވާ ކޮލަޖެން މާއްދާ އުފައްދާ އެންޓިއޮކްސިޑެންޓްތައް ހަންގަނޑަށް ފޯރުކޮށްދޭ މިންވަރު ވަރަށް ބޮޑަށް މަދުވެގެންދެއެވެ. ނަތީޖާއެއްގެ ގޮތުން ހަންގަނޑުގައި މާއަވަހަށް ރޫޖެހިދެއެވެ.



6. ބައެއް ވަގުތުތަކުގެ ކެއުން ދޫކޮށްލުން:

މާބޮޑަށް ބިޒީވެގެން ނުވަތަ އެނޫންވެސް ކަމެއް މެދުވެރިވެގެން ދުވާލުގެ 3 ވަގުތުގެ ކާނާ ހަމައަށް ނުކެވޭނަމަވެސް ހަށިގަނޑަށް ބޭނުންވާ މާއްދާތައް ލިއްބައި ނުދެއެވެ. ޚާއްސަކޮށް ހެނދުނުގެ ނާސްތާ ނުނަގާނަމަ، މީހާ މާއަވަހަށް ވަރުބަލިވެދެއެވެ. އަދި ގޭސްޓްރިކް މައްސަލައާއި ގުލްކޯޒް ލެވަލް ދަށްވުން ކަހަލަ ކަންކަން މެދުވެރިވެއެވެ.

7. ދުންފަތުގެ އިސްތިއުމާލުކުރުން.

ދުންފަތުގެ އިސްތިއުމާލުކުރުމަކީ ހަންގަނޑު ރީތިކޮށް ބަހައްޓައިދޭ ކޮލަޖިން މާއްދާ އުފެއްދުން ދަށްކޮށްލާ އެއްޗެކެވެ. އެހެންކަމުން ދުންފަތުގެ އިސްތިއުމާލު ކުރާމީހުންގެ ހަންގަނޑު މާއަވަހަށް ރޫޖެހޭގޮތް މެދުވެރިވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ކަތީބު

07-Mar-2023

ދެން އެހެން ވީމާ މި "ކޮލަޖިން" ވަކިން ވިއްކާ ފިހާރައެއް ބުނެބަލަ, ތިޔެއްނު ގިނަ ގިނަ އިން ގިރައިގެން ބޯންވީ



ޓްރެންޑިން