ސަފާރީގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ވޮއިސް އޮފް ޗިންޑްރަންގެ ފަރާތުން ޖެންޑާ މިނިސްޓްރީ ކައިރީގައި މުޒާހަރާ ކުރަން ނިންމައިފި އެވެ.
އެ ޙަރަކާތުން ބުނީ، މިނިސްޓްރީ ދޮށަށް އެއްވެ އަޑު އުފުލުމަށް ނިންމީ ޖިންސީ އަނިޔާ ކުރުން ހުއްޓާލުމަށް ގޮވާލުމަށް ކަމަށާއި، މި މުޒާހަރާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:00 ގައި ކަމަށާއި، ޖިންސީގޯނާގެ މައްސަލަތައް ރިޕޯޓު ކޮށް، އަނިޔާ ލިބޭ ފަރާތްތަކުން ހަނު ނުތިބުމަށް އެ ޙަރަކާތުން ވަނީ ގޮވާލާފައެވެ.
ވޮއިސް އޮފް ޗިންޑްރަންގެ ފަރާތުން ބުނެފައިވަނީ، ގައިދުރުކޮށްގެން ކުރިއަށް ގެންދާ މި ޙަރަކާތުގައި ބައިވެރިވާ މީހުން ތިބޭނީ މާސްކް އެޅައިގެން ކަމަށެވެ. މިއަދު މުޒާހަރާ ކުރަން ނިންމާފައި ވީނަމަވެސް މިހާރު އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ގިނަ ބަޔަކު އެއްތަނަކަށް އެއްވުމަކީ މަނާކަމެކެވެ. މިދިޔަ ހަފްތާގައި މަޖިލީސް ކައިރީގައި ބޭއްވި މުޒާހަރާއެއްވެސް ފުލުހުން ރޫޅާލާފައި ވަނީ މިހާލަތުގައި އެފަދަ އެއްވުންތައް ބޭއްވުމަކީ މަނާކަމަކަށްވާތީއެވެ.
ފުލުހުން ބުނީ ސަފާރީ ރޭޕް ކޭސްއާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 39 އަހަރުގެ 2 ދިވެހި ފިރިހެނުން ބަންދުން ދޫކޮށްލާފައި ވަނީ އެވަގުތާއި ހަމައަށް ލިބިފައިހުރި މަޢުލޫމާތު ތަކަށް ބަލާއިރު ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ނުފެންނާތީކަމަށެވެ.

✊ TAKE A STAND AGAINST RAPE
— Voice of Children (@VocMaldives) June 28, 2020
📢 JOIN THE PROTEST
⌚ MONDAY @ 4 PM
📍 Outside of Gender Ministry
**Please wear a MASK and maintain social distancing.#AmINext #IWillSpeakUp #WhyIDidntReport #NoMeansNo #MeTooMV pic.twitter.com/UCKbEIiegM
ވޮއިސް އޮފް ޗިންޑްރަންގެ ފަރާތުން ބުނެފައިވަނީ، ގައިދުރުކޮށްގެން ކުރިއަށް ގެންދާ މި ޙަރަކާތުގައި ބައިވެރިވާ މީހުން ތިބޭނީ މާސްކް އެޅައިގެން ކަމަށެވެ. މިއަދު މުޒާހަރާ ކުރަން ނިންމާފައި ވީނަމަވެސް މިހާރު އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ގިނަ ބަޔަކު އެއްތަނަކަށް އެއްވުމަކީ މަނާކަމެކެވެ. މިދިޔަ ހަފްތާގައި މަޖިލީސް ކައިރީގައި ބޭއްވި މުޒާހަރާއެއްވެސް ފުލުހުން ރޫޅާލާފައި ވަނީ މިހާލަތުގައި އެފަދަ އެއްވުންތައް ބޭއްވުމަކީ މަނާކަމަކަށްވާތީއެވެ.
ފުލުހުން ބުނީ ސަފާރީ ރޭޕް ކޭސްއާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 39 އަހަރުގެ 2 ދިވެހި ފިރިހެނުން ބަންދުން ދޫކޮށްލާފައި ވަނީ އެވަގުތާއި ހަމައަށް ލިބިފައިހުރި މަޢުލޫމާތު ތަކަށް ބަލާއިރު ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ނުފެންނާތީކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު