އިޒްރާއީލު ސަރުކާރާއި ދެކޮަޅަށް މިހާތަނަށް ބާއްވި އެންމެ ބޮޑު އެއް މުޒާހަރާ ކުރިއަށް ގެންގޮސްފިއެވެ.

އިޒްރޭލުގެ ތާރީހުގައި ހިނގާދިޔަ އެންމެ ބޮޑު މުޒާހަރާ ކަމަށް ސިފަކުރާ މި މުޒާހަރާގައި އެތައް ލައްކަ އިސްރާއީލުގެ ރައްޔިތުން ބައިވެރިވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

މީގެ 10 ދުވަސްކުރިން އިޒްރޭލު ސަރުކާރާ ދެކޮޅަށް ފެށި މުޒާހަރާތަކުގެ ތެރެއިން، އެންމެ ގިނަ ބަޔަކު ބައިވެރިވި މުޒާހަރާ ކުރިއަށްގެންގޮސްފައިވަނީ މިދިޔަ ހޮނިހިރުދުވަހުއެވެ. ރިޕޯޓުތައް ބުނާ ގޮތުން ފަސްލައްކަ އެއްހާ އިޒްރޭލުގެ ރައްޔިތުން ވަނީ ހޮނިހިރު ދުވަހު އެގައުމުގެ އެކި ސަރަހައްދު ތަކުގެ މަގުތައް މަތީގައި ކުރިއަށް ދިޔަ މުޒާހަރާގައި ބައިވެރިވެފައެވެ.

އިޒްރާއިލު ސަރުކާރާ ދެކޮޅަށް ކުރިއަށްދާ މިމުޒާހަރާތަކަކީ އެގައުމުގެ ޝަރުއީ ނިޒާމު އިސްލާހުކޮށް ބަދަލު ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި ދެކޮޅަށް އަޑުއުފުލުމުގެ މަގުސަދުގައި ކުރިއަށްދާ މުޒާހަރާތަކެކެވެ. ސަރުކާރުގެ މިމަސައްކަތަށް ފާޑުކިޔާ ފަރާތްތަކުން ބުނަނީ ޝަރުޢީ ނިޒާމަށް ގެނައުމަށް މަސައްކަތް ކުރާ އިސްލާހުތަކުގެ ސަބަބުން ޑިމޮކްރަސީއަށް ބުރޫއަރާނެ ކަމަށެވެ.

މުޒާހަރާ ކުރާ ފަރާތްތަކުން ތުހުމަތު ކުރާގޮތުން، އިޒްރާއީލު ސަރުކާރުން ހުށައަޅާފައިވާ އިސްލާހުތަކުގެ މަގުސަދަކީ ފަނޑިޔާރުން ހޮވުމުގައި އިންތިހާބީ ސަރުކާރަށް ނުފޫޒު ފޯރުވުމުގެ ފުރުސަތުދީ، ހުކުމް ކުރުމުގެ ގާބިލްކަން ނުވަތަ ގާނޫނެއް އުވާލުމުގެ ގާބިލުކަމުގެ ފުރުސަތު ސުޕްރީމް ކޯޓަށް ހަނިކުރުމެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި މިހާރު މަޖިލީހަށް ހުށައަޅާފައިވާ އިސްލާހުތަކުގެ ސަބަބުން ޝަރުއީ ދާއިރާ ސިޔާސީވެ، ޚުދުމުޚުތާރު ސަރުކާރެއް އުފެދިދާނެކަމުގެ ބިރުއެބައޮތެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން