ހެންވޭރު ގެއަކުން މަގުމައްޗަށް ވެއްޓުނު ދިވެހި އަންހެނަކު ނިޔާވެފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މިރޭ 20:05 ހާއިރު ހެންވޭރު ގެއަކުން މީހަކު ވެއްޓިގެން އުޅޭ ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި އެމީހާ އައިޖީއެމްއެޗަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދޭ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މި ހާދިސާގައި ނިޔާވެފައިވަނީ 32 އަހަރުގެ އަންހެނެއް ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާ ވެއްޓުނީ ހ. ލިލީ ނައިޓް އާގެ، 3 ވަނަ ފަންގިފިލާއިންނެވެ.
މި ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
ރޭ ދަންވަރުވެސް ހެންވޭރު ގެއެއްގެ ފަސްވަނަ ފަންގިފިލާއިން 4 އަހަރު ކުއްޖަކު ވެއްޓިގެން ވަނީ ނިޔާވެފައެވެ. އެ ކުއްޖާ ނިޔާވީ އޭޑީކޭ ހޮސްޕިޓަލްގައި އެކުއްޖާއަށް ފަރުވާދެމުންދަނިކޮށް ކަމަށް ފުލުހުން މަޢުލޫމާތުދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު