މާލޭ ފިހާރައެއްގެ ތެރެއަށް ވަދެ ވަޅިން ހަމަލާދީ ޒުވާނަކު މަރާލި މައްސަލާގައި ހައްޔަރުކުރި ސިރުހާން އަލީ ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ފެބުރުވަރީ 24ވަނަ ދުވަހުގެރޭ، މާފަންނުގައި ހުންނަ ކްރަސާ ފިހާރަ ތެރޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން ޒުވާނަކަށް ހަމަލާދިނުމުގައި އަމަލީގޮތުން ބައިވެރިވި ކަމަށް ތުހުމަތުކޮށް ފުލުހުން ހައްޔަރުކުރީ ތ. ގާދިއްފުށީ ސިރުހާން އަލީ އެވެ.

އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން މީގެ ކުރިން 15 ދުވަސް ދީފައިވާއިރު އެކޯޓުން މިއަދު ވަނީ ޝަރީޢަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

މާލޭގައި ޒުވާނަކު ނިޔާވި މި ހަމަލާއަކީ މާލޭގެ ގޭންގުތަކުގެ މެދުގައި ހިނގަމުންދާ ހަމަނުޖެހުންތަކެއްގެ ތެރެއިން ދިން ހަމަލާއެއްކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފެބްރުވަރީ 27 ވަނަ ދުވަހު އައްޑުއަށް ނިސްބަތްވާ 30 އަހަރުގެ ޒުވާނާ ނިޔާވިއިރު ފަރުވާދެމުންދިޔައީ ވެންޓިލޭޓަރުގައެވެ.

ސިރުހާނުގެ އިތުރުން އެ މާރާމާރީގައި ތުހުމަތު ކުރެވޭ އެހެން މީހުން ހޯދުމަށް ފުލުހުން އަދިވެސް އަންނަނީ މަސައްކަތްކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން