ނަށަނިކޮށް މަރުވެގެން ވެއްޓުނު މީހާ--- ފޮޓޯ: ެިއިންޑިއާޓައިމްސްނައު
ނަށަނިކޮށް މަރުވެގެން ވެއްޓުނު މީހާ--- ފޮޓޯ: ެިއިންޑިއާޓައިމްސްނައު
އިންޑިއާގެ މަދްޔަ ޕްރަދޭޝް ބޮޕާލްގައި ބޭއްވުނު ހަފްލާއެއްގައި ނަށަމުންދިޔަ ސަރުކާރުގެ އޮފިޝަލަކު މަރުވެގެން ވެއްޓޭ މަންޒަރު ފެންނަ ވީޑިއޯއެއް މިވަނީ ސޯޝަލް މީޑިއާގައި އާއްމުވެ ގިނަބަޔަކު ހައިރަންކުރުވައިފައެވެ.



މިވީޑިއޯއިން ފެންނަނީ ބޮޕާލް ޕޯސްޓަލް ސާކަލް އޮފީހުގެ އެސިސްޓެންޓު ޑައިރެކްޓަރ ސުރެންދަރު ކުމާރު ޑިކްސިތު 'ބަސް އާޖްކީ ރާތުހޭ ޒިންދަގީ، ކަލް ހަމް ކަހާ ތުމް ކަހާ..." މި ލަވަޔަށް އޭނާގެ އެއްކޮށް މަސައްކަތްކުރާ މީހުންނާއެކު ނަށަން ހުންނަ މަންޒަރެވެ. އަދި ނަށަމުން ދަނިކޮށް ދެންފެންނަނީ އޭނާ ކުއްލިޔަކަށް މަރުވެގެން ވެއްޓޭ މަންޒަރެވެ. އަދި އޭނާ ވެއްޓުމާއިއެކު ކައިރީގައި ތިބިމީހުންތައް އެއްވެ އޭނާ ތެދުކުރެވޭތޯ މަސައްކަތްކުރާތަންވެސް މި ވީޑިއޯއިން ފެނިގެންދެއެވެ.

އިންޑިއަން ޓައިމްސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މުވަޒަފުންނާއެކު ނަށަމުންދަނިކޮށް ހާޓްއެޓޭކެޖެހިގެން އެސިސްޓެންޓު ޑައިރެކްޓަރ ސުރެންދަރު ކުމާރު މަރުވީ ބޮޕާލްގެ ޕޯސްޓަލް ޑިޕާޓުމަންޓުން ބޭއްވި ހަފްލާއެއްގެތެރެއިންނެވެ. އެއީ 13 މާޗުން ފެށިގެން 17 މާޗުގެ ނިޔަލަށް އިންތިޒާމް ކުރި 34 ވަނަ އޯލް އިންޑިއަން ޕޯސްޓަލް ހޮކީ ޓޯނަމެންޓާއި ގުޅިގެން ބޭއްވުނު އިވެންޓެކެވެ. އަދި މިކަން ދިމާވީ 17 މާޗުގައި ފައިނަލް މެޗް ޝެޑިއުލް ކުރެވުމާއި ގުޅިގެން 16 ވަނަ ދުވަހު މިއޮފީސް އިމާރުތުގައި ބޭއްވި ހަފްލާގެ ތެރެއިންކަމަށްވެއެވެ.

މިކަން ހިނގައިދިޔައީ މިކަހަލަ އެހެން ހާދިސާއެއްގެ ވީޑިއޯއެއް ވައިރަލްވެގެން ދިޔަތާ އަދި މާގިނަ ދުވަހެއް ނުވެއެވެ. އެއީވެސް އިންޑިއާގައި ހިނގަދިޔަ ހާދިސާއެކެވެ. އެވީޑިއޯއިން ފެންނަނީ ފާދިރީއެއްގެ 17 އަހަރުގެ މަޔަންކު ނަމަކަށް ކިޔާ ދަރިއެއް ފައްޅީގެ ފްލެގް ސެރަމަނީގައި ކަނޑީގެ ހެވިކަމުގެ އުކުޅުތައް ދައްކާލުމަށް ހަރަކާތްތެރިވަނިކޮށް ހާޓްއެޓޭކެއް ޖެހިގެން މަރުވާ މަންޒަރެވެ.

މިކަހަލަ ހާދިސާތަކުން އަޅުގަނޑުމެން އިބުރަތް ހާސިލް ކުރަންޖެހެއެވެ. އަދި ކޮންމެ ވަގުތެއްގައިވެސް މަރުވެދާނެކަމަށް ތައްޔާރުވެ ތިބެންޖެހެއެވެ. އަދި ތިމާ ކުރާކޮންމެ ކަމެއް ކުރިކަމުގައިވީނަމަވެސް މަރު އަތުވެދާނެކަމަށް ބިރުވެތިވެ، ނުބައި އަމަލުތަކުން ދުރުހެލިވާން މަސައްކަތް ކުރަންވާނެއެވެ. އެމީހަކު މަހުޝަރު ބިމަށް އަންނާނީ އެމީހަކު މަރުވި ގޮތެއްގެ މަތީންކަމަށް ކީރިތި ރަސޫލާގެ ނަބަވީ އިރުޝާދުތަކުންވަނީ އެނގިބަޔާންވެގެން އައިސްފައެވެ. އެހެންކަމުން، ގޯސް އަމަލެއް ކުރަނިކޮށް މަރުވެއްޖެނަމަ ތިމާއަށް އެދުވަހުން ލިބޭނެ ނިކަމެތިކަމަށް ވިސްނައި އަމަލުތައް އިސްލާހުކުރެވޭތޯ މަސައްކަތްކުރަމާ ހިނގާށެވެ.



ކިޔުންތެރިންގެ ހިޔާލު


-3

1111

23-Mar-2023

ސަރުކާރުގެ އޭ. ކޮންސަރުކާރެއްެގެ؟ ކަލޭމެންގެ ޤައުމަށް ނިސްބަތްވާ ސަރުކާރެއްތަ އިންޑިއާއަކީ. މިއިން ދޭހަވަނީބރާއްޖެ އަކީ އިންޑިއާގެ ބައެއްހެން. ކިހާ ބޮޑު ބަލާވެރިކަމެއް.