ސަޢޫދީ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކޮށްފައިވާ 50 ޓަނުގެ ކަދުރު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި ރަސްމީކޮށް ހާވާލުކޮށްފިއެވެ.
މިކަމަށްޓަކައި ކިންގ ސަލްމާން ހިއުމެނިޓޭރިއަން އެއިޑް އެންޑް ރިލީފް ސެންޓަރގެ ވަފުދެއް ވަނީ ރާއްޖެ ވަޑައިގެންފައެވެ.
މިކަދުރު ހަދިޔާކުރުމަށްޓަކައި 21 މާރިޗް 2023 ގައި އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ކަދުރު ހަވާލު ކޮށްދެއްވީ ސަޢުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަތްރިކް އައްދައުސަރީ އެވެ. ސަރުކާރުގެ ފަރާތުން ކަދުރާއި ހަވާލުވެ ވަޑައިގެންނެވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ޑރ. އަޙްމަދު ޒާހިރު ޢަލީއެވެ.
މިރަސްމިއްޔާތުގައި ސަފީރު ވިދާޅުވީ ސަޢޫދީ ޢަރަބިއްޔާއާއި ދިވެހިންނާ އޮންނަ ގާތްގުޅުމުގެ ތެރެއިން ކޮންމެ އަހަރަކުވެސް ރާއްޖެއަށް ހަދިޔާކުރައްވާ ކަދުރު މިއަހަރުވެސް ދެއްވާފައިވަނީ ސަޢުދީ ރަސްގެފާނުގެ ފަރާތްޕުޅުންކަމަށެވެ.
އަދި ރާއްޖެއާއި ސަޢުދީއާއި ދެމެދު އޮންނަ ގުޅުން ދެމިއޮންނަ ފަދައިން ދިވެހިންނަށް އަބަދުވެސް އެ ޤައުމުން ހެޔޮއެދޭކަން ސަފީރު ފާހަގަކުރެއްވިއެވެ. ހަމައެއާއެކު ސަޢުދީއާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުން ކުރިއަށް އޮތްތާނގައިވެސް އެގޮތުގައި ދެމި އޮންނާނެކަމަށް ސަފީރު ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވަނީ ސައުދީ ރަސްގެފާނަށާއި ވަލީއަޙުދަށާއި އަދި ކިންގ ސަލްމާން ހިއުމެނިޓޭރިއަން އެއިޑް އެންޑް ރިލީފް ސެންޓަރގެ ވަފުދަށް ޝުކުރު އަދާކުރައްވާފައިކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު