ރާއްޖެ ގަޑިން ރޭ މެންދަމު ޕާކިސްތާނާއި އަފްޣާނިސްތާނުގެ ބޮޑު ބަޔަކަށް 6.5 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމާއެކު ދެގައުމުން ޖުމްލަ 11 މީހަކު މަރުވެފައިވާކަމަށް ރިޕޯޓުކޮށްފިއެވެ.
މިބިންހެލުމުގެ ސަބަބުން ޒަހަމްވެފައިވާ 100 އަށްވުރެ ގިނަ މީހުން ހޮސްޕިޓަލުގައި އެޑްމިޓްކުރެވިފައިވާކަމަށް ޕާކިސްތާނު އެމަރޖެންސީ ސަރވިސަސްއިން ހާމަކޮށްފައިވެއެވެ. މީގެ ތެރެއިން އެއްބަޔަކީ ބިންހެލުމާއެކު ލިބުނު ޝޮކުގެ ސަބަބުން ސިއްހީ އެހީތެރިކަން ހޯދި ފަރާތްތައްކަމާއި، އަދި ބިންހެލުމުގެ ސަބަބުން އިމާރާތްތަކުން ވިއްސައިގެން ދިޔަ ތަކެތީން ޖެހި ބައެއް މީހުންނަށް ޒަހަމްތަކެއް ލިބިފައިވާކަމަށްވެސް ޕާކިސްތާނު އެމަރޖެންސީ ސަރވިސަސްއިން ހާމަކޮށްފައިވެއެވެ.
ބިންހެލުމުގެ ސަބަބުން އެތަކެއް ގެތަކެއް ބިމާ ހަމަވެފައިވާއިރު، ފަރުބަދަމަތީގެ ބައެއް ސަރަހައްދުތަކުން ބިންގަނޑު ކަނޑައިގެން ގޮސް ދަތުރުފަތުރަށްވެސް ބުރޫއަރާފައިވެއެވެ.
އަފްޣާނިސްތާނުގައި ވެރިކަން ކުރާ ތާލިބާން ސަރުކާރުގެ ޕަބްލިކް ހެލްތު އިދާރާގެ ތަރުޖަމާނު ވިދާޅުވެފައިވާގޮތުން، ބިންހެލުމުގެ ސަބަބުން އެގައުމުން މިހާތަނަށް ދެމީހަކު މަރުވެފައިވާއިރު، ވިއްސަކަށް މީހުންނަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭގެ ރިޕޯޓުން ދައްކާގޮތުން 6.5 މެގްނިޓިއުޑްގެ މިބިންހެލުން އައިސްފައިވަނީ އަފްޣާނިސްތާނުގެ ފަރުބަދަމަތީ ހިންދޫކުޝް ސަރަހައްދުގައި އޮންނަ ޖުރުމްގެ އިރުދެކުނުން 40 ކިލޯމީޓަރަށެވެ. މިސަރަހައްދަކީ ޕާކިސްތާން އަދި ތަޖިކިސްތާން ބޯޑަރު ސަރަހައްދެވެ. އަފްޣާނިސްތާނުގެ ވެރިރަށް ކާބުލް އަދި ޕާކިސްތާނުގެ އެތައް ސިޓީތަކެއްގެ އިތުރުން، ޕާކިސްތާނާއި އިންޑިއާ ގުޅުނު ކަޝްމީރު ސަރަހައްދައްވެސް މިބިންހެލުމުގެ އަސަރު ކޮށްފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު