ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިތުރުޒަކާތް ބަލައިގަންނަން ފަށައިފިއެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ބުނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ރަމަޟާންމަހުގެ 1 ވަނަ ދުވަހުން ފެށިގެން ރަމަޟާންމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ފިތުރު ޒަކާތް ބަލައިގަތުން ކުރިއަށްދާނެކަމަށެވެ.
ފިތުރު ޒަކާތް ބަލައިގަންނަން ހަމަޖެހިފައިވަނީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00އިން ފެށިގެން 13:00އާއި ހަމައަށެވެ. ރަށްރަށުގައި ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާނީ އެރަށެއްގެ ރަށު ކައުންސިލް ނުވަތަ ސިޓީ ކައުންސިލްތަކުންނެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މާލޭގައި އުޅޭ މީހުންގެ ތެރެއިން އުމުރުން ދުވަސްވެފައިވާ ފަރާތްތަކާއި، އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން ފަރާތްތަކަށް ޚާއްސަކޮށް މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން އިސްލާމިކް މިނިސްޓްރީގެ ހޯލުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާނެކަމަށެވެ.
އޮންލައިންކޮށް ޒަކާތްދެއްކޭނެ އިންތިޒާމްވެސް އިސްލާމިކް މިނިސްޓްރީން ވަނީ ހަމަޖައްސާފައެވެ. އެގޮތުން ބެންކް އޮފް މޯލްޑިވްސް، މޯލްޑިވްސް އިސްލާމިކް ބޭންކް، ދިރާގު، އުރީދޫ އަދި ފަހިޕޭ މެދުވެރިކޮށް ޒަކާތް ދެއްކޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. އަދި މިއަހަރު ގެނެވުނު ބަދަލުތަކާއިއެކު އޮންލައިންކޮށް ފިތުރު ޒަކާތް ދައްކާ ފަރާތްތަކުން ބޭނުންވާ ރަށަކަށް ފައިސާ ޖަމާކުރެވޭނެގޮތަށް ވަނީ ހަމަޖެހިފައެވެ.
މިއަހަރު ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީން ކަނޑައަޅާފައިވާ ގޮވާމުގެ ބާވަތްތަކުގެ 2.4 ކިލޯއަށްވާ ފައިސާއިންނެވެ.
އެގޮތުން ޒަކާތުގެ ގޮތުގައި ދައްކަންޖެހެނީ އާދައިގެ ހަނޑުލުންނަމަ 12 ރުފިޔާ؛ ތައިލެންޑް ހުދު ހަނޑުލުންނަމަ 84 ރުފިޔާ؛ ބާސްމަތީ ހަނޑުލުގެ އާދައިގެ ހަނޑޫނަމަ 84 ރުފިޔާ؛ ބާސްމަތީ ހަނޑުލުގެ މޮޅު ހަނޑޫނަމަ 100 ރުފިޔާ؛ ބާސްމަތީ ހަނޑުލުގެ އެންމެ މޮޅު ހަނޑޫނަމަ 125 ރުފިޔާ؛ ރަތް ހަނޑުލުންނަމަ 99 ރުފިޔާ؛ އާދައިގެ ފުށުންނަމަ 12 ރުފިޔާ އަދި އާޓާ ފުށުންނަމަ 75 ރުފިޔާއެވެ.
ފިތުރު ޒަކާތް ދެއްކުމަށް ހަމަޖެހިފައި އޮންނަނީ އެބަޔަކު އެޤައުމެއްގައި ޢާއްމުކޮށް ކައިއުޅޭ ގޮވާމުގެ ބާވަތަކުންނެވެ. އޭގެ މިންވަރަކީ ޞާޢެއް، ނުވަތަ ދެއަތް ގޮށިން ނެގޭ މިންވަރެވެ. މިގޮތުން ބަލާއިރު އެކި ބާވަތުގެ ގޮވާމުގެ ބަރުދަން ތަފާތުވެއެވެ. އެހެންކަމުން ޞާއެއްގެ ބަރުދަނަކީ ހަނޑުލުން ނަމަ ގާތްގަނޑަކަށް ދޭއް ޕޮއިންޓު ހަތަރެއް ކިލޯ ގްރާމެވެ. އަދި ޢާއްމުކޮށް ކައިއުޅޭ ގޮވާމުގެ ބާވަތުން ފިތުރު ޒަކާތް ދެއްކުމުގެ ބަދަލުގައި އެމިންވަރުގެ ގޮވާމުގެ އަގަށްވާ ނަގުދު ފައިސާއިންވެސް ފިތުރު ޒަކާތް ދައްކަމުންދެއެވެ.
ފިތުރު ޒަކާތަކީ ރަމަޟާން މަސް ނިމުމާއެކު ޒަކާތް ޙައްޤުވާ މީހުންނަށް ފޯރުކޮށްދޭ މާއްދީ އެހީތެރިކަމެކެވެ. ފިތުރު ޒަކާތް ފަރުޟު ކުރެއްވުނީ ރަމަޟާންމަހުގެ ރޯދައާއެކު ހިޖުރައިން ދެވަނަ އަހަރުއެވެ.

ކިޔުންތެރިންގެ ހިޔާލު