އެމެރިކާގެ އަސްކަރިއްޔާއިން ބުރާސްފަތި ދުވަހުގެ ރޭ ސީރިއާއަށް ވައިގެ ހަމަލާތަކެއް ދީފިއެވެ.

ޕެންޓަގަނުން ބުނީ މިހަމަލާ ދީފައިވަނީ އެމެރިކާ ސިފައިންނަށް އަމާޒުވި ޑްރޯން ހަމަލާއަކަށް ފަހު ކަމަށެވެ.

އެމެރިކާގެ ޖާސޫސީ އިދާރާއިން ކުރި ތަހުގީގަށްފަަހު ހަމަލާ ދިނުމަށް ބޭނުންކުރި ޑްރޯން އަކީ އީރާނުގެ އަސްލަކަށް ވާ ޑްރޯނެއް ކަމަށް ހާމަކޮށްފައިވެއެވެ. އެގޮތުން އެމެރިކާއިން ބުނީ އެގައުމުގެ އަސްކަރިއްޔާއިން ހަމަލާ ދިނީ ސީރިޔާގައި ތިބި އެމެރިކާގެ ސިފައިންނަށް އަމާޒުކޮށް ދިން ހަމަލާގެ ބަދަލު ހިފުމުގެ ގޮތުންކަމަށެވެ.

އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން ވިދާޅުވީ މި ހަމަލާތައް އަމާޒުކޮށްފައިވަނީ އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑްސް ކޯޕަސްއާ ގުޅުންހުރި ޖަމާއަތްތަކަށެވެ.

އެމެރިކާއިން ދިން ވައިގެ ހަމަލާގައި އެއްވެސް މީހަކަށް އަނިޔާވެފައިވާކަމަކަށް އަދި ރިޕޯޓުކޮށްފައެއް ނުވެއެވެ. ނަމަވެސް ސީރިޔާގައި ތިބި އެމެކާގެ ސިފައިންނަށް ދިން ހަމަލާގައި ކޮންޓްރެކްޓަރަކު މަރުވެފައިވާއިރު، އެމެރިކާގެ ސިފައިން ހިމެނޭހެން ހަ މީހަކަށް އަނިޔާވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން