އިންޑިއާގެ އިދިކޮޅު އިސް ލީޑަރު ރާހުލް ގާންދީގެ މައްޗަށް ޖިނާއީ އަބުރުގެ މައްސަލައެއްގައި ދެ އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރުމާއި ގުޅިގެން ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ކަމުން އޭނާ ވަކިކޮށްފި އެވެ.

އިންޑިޔާގެ އިދިކޮޅު ލީޑަރު އަދި ކޮންގުރެސް ޕާޓީގެ ލީޑަރު ރާހުލް ގާންދީ ދެ އަހަރު ދުވަހަށް ޖަލަށް ލުމަށް ގުޖުރާތުގެ ކޯޓަކުން ހުކުމްކުރީ 2019 ވަނަ އަހަރު ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ވަގަށް ގޮވައި އޭނާގެ ނަންފުޅަށް ނިސްބަތްކޮށް ފުރައްސާރަކުރަށްވައި ވާހަކަ ދެއްކެވިކަން ސާބިތުވުމުންނެވެ. ރާހުލް މެމްބަރު ކަމުން ވަކިކޮށް މަޖިލީހުގެ ދަށުގޭގެ އޮފީހުން މި އަމުރު ނެރެފައިވަނީ ގުޖުރާތު ސްޓޭޓްގެ ލޯކަލް ކޯޓުން ކުރި ހުކުމަކުން އޭނާގެ މައްޗަށް ކުށް ސާބިތުވިތާ އެއް ދުވަސް ފަހުންނެވެ. ގާންދީ އަކީ ކެރެލާގެ ދެކުނު ވަޔަނާޑް ސްޓޭޓްގެ މެމްބަރެކެވެ.

އޭނާ ކަފާލާތުގެ ދަށުން 30 ދުވަސް ވަންދެން ދޫކޮށްލާފައިވާއިރު މި މުއްދަތުގެ ތެރޭގައި އެ ހުކުމް އިސްތިއުނާފު ކުރައްވާނެ ކަމަށް ވިދާޅުވެފައިވެ އެވެ.

އެ ހުކުމާ ގުޅިގެން ގާންދީގެ ކޮންގްރެސް ޕާޓީން ބުނީ އެ ހުކުމަކީ "ގޯސް އަދި ދެމެހެއްޓެނިވި ހުކުމެއް ނޫން" ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން